ޕުޓިން ކޮރެއާއަށް ޒިޔާރަތް ކުރަނީ!

ރަޝިޔާގެ ރައީސް ވެލްޑަމިރ ޕުޓިން އުތުރު ކޮރެއާއަށް ޒިޔާރަތް ކުރަން ނިންމައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިއީ ވެތުވެދިޔަ 24 އަހަރު ފަހުން ޕުޓިން ކޮރެއާއަށް ޒިޔާރަތް ކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

އަދި މިއީ ދެ ޤައުމުގެ ދޭތެރޭ ހުރި ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ޒިޔާރަތެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން ދެބޭފުޅުން ބައްދަލު ކޮށްފައިވަނީ 2000 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގައެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މި ބައްދަލުވުމަކީ ރަހްމަތްތެރިކަމުގެ ބައްދަލުވުމެއް ކަމަށާއި މި ބައްދަލުވުމާއި އެކު ދެ ޤައުމުގެ ދެތެރޭ އޮތް ގުޅުން އިތުރަށް ބަދަހިވެ ރަނގަޅުވެގެންދާނެ ކަމަށެވެ.

މިބައްދަލުވުމަށްފަހު ދެބޭފުޅުން މީޑިއާ އާއި ބައްދަލުކުރައްވާނެ ކަމަށާއި ކޮންސެޓެއް ބައްލަވާލުމަށްވެސް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ހަމައެހެންމެ އެޤައުމުގެ ބައެއް އިސްވެރިންނާއި ޕުޓިން ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުތުރު ކޮރެއާގެ ލީޑަރު މިސްޓަރ ކިމް މީގެ ހަފްތާއެއް ކުރިން ވިދާޅުވެފައިވަނީ ދެ ޤައުމުގެ ގުޅުންދަނީ އިތުރަށް ބަދަހިވެ ވަރުގަދަވަމުން ކަމަށެވެ.

ނަމަވެސް ވައިޓްހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ މިދެ ޤައުމުގެ ގުޅުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސްޕޯކްސް ޕާރސަން ޖޯން ކާރބީ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ ކަންބޮޑިވަނީ ކިމް އާއި ޕުޓިން ބައްދަލުކުރާތީ ނުން ކަމަށާއި ކަންބޮޑުުވަނީ ދެ ޤައުމުގެ ގުޅުން ވަރުގަދަ ވެގެން ދާނެތީ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!