ހަލިމަގުގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ އިން މާލެ އަރާ ސަރަހައްދުގަ އެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ 8.45 އެހާއިރުކަމަށްވެސް މަޢުލޫމާތު ލިބެއެވެ. އަދި އެކްސިޑެންޓު ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންނެވެ. އެތަނުން އެއް ސައިކަލު ދުއްވަން އިން މީހާ ވަނީ އެކްސިޑެންޓުވުމަށްފަހު ފިލާފަކަމަށްވެސް މަޢުލޫމާތު ލިބެ އެވެ.
ފިލަންދިޔަ ސައިކަލުގެ ފަހަތުން އައި ކާރު ކުއްލިއަކަށް ހުއްޓުމުގެ ސަބަބުން ކާރު ފަހަތުން އައި ސައިކަލުވަނީ ކަރުގައިޖެހި އެކަސިޑެންޓެއްވެފަ ކަމަށް މަންޒަރު ދުށް ފަރާތްތަކުން މަޢުލޫމާތު ދެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހަދިސާގައި އަންހެނަކާއި ފިރިހެނަކަށްވަނީ އަނިޔާވެފަ އެވެ.
މި ސަރަހައްދަކީ ވަރަށް ގިނައިން މިފަދަ ނުރައްކާތެރި އެކްސިޑެންޓު ހިނގާ ސަރަހައްދެއްކަން ފާހަގަ ކުރެވެ އެވެ.
އެގޮތުން މީގެ ތިންމަސް ކުރިން މި މަގުގައި ހުޅުމާލެއިން މާލެދާ ފަޅީގެ މެދަކާއި ހިސާބުން ސައިކަލަކާއި ކާރެއްޖެހި އެކްސިޑެންޓެއްވެފައިވެ އެވެ.
މީގެ ހަ މަސްކުރިން ހަލިމަގުގައި ދުއްވާފަައިދިޔަ ކާރެއްވަނީ ހޮޅިދަނޑިއެއްގައިޖެހި އެކްސިޑެންޓެއްވެފައެވެ. މި ހަދިސާ ހިނގާފައިވަނީ ކާރެއް ކޮންޓްރޯލް ނުވެގެންގޮސް އެ ހިސާބުގައި ޖަހާފައިހުރި ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ.