ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން

ކުށުގެ ވެއްޓަށް ކުދިން ހުށަހެޅުން ހުއްޓުވުމަށް ދާއިމީ ދެ ހައްލެއް އެބައޮތް: އިހުސާން

ކުށުގެ ވެއްޓަށް ކުދިން ހުށަހެޅުން ހުއްޓުވުމަށް ދާއިމީ ދެ ހައްލެއް އެބައޮތް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަރވިއުއެއްގައި ވަޒީރު ވިދާޅުވީ ކުށުގެ ވެއްޓަށް ކުދިން ހުށަހެޅުން ހުއްޓުވުމަށް ދާއިމީ ދެ ހައްލެއް އެބައޮތް ކަމަށާއި އެއީ މިހާރު ކުށުގެ ވެށީގައި ތިބި ކުދިންނަށް ފަރުވާދީ އަނބުރާ މުޖުތަމަޢުއަށް ނެރުމާއި ގޭންގުތަކަށް ކުދިން ރެކްރޫޓްކުރުން ހުއްޓުވުން ކަމަށެވެ.

އަދި ކުށުގެ ޒިންމާ ނަގަން ނުޖެހޭ ކުދިންނަށްވާތީ ގޭންގުތަކުން ރެކްރޫޓު ކުރަނީ ބާރަ އަހަރާއި ފަނަރަ އަހަރާއި ދެމެދުގެ ކުޑަކުދިންކަންވެސް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު ކުޑަކުރަނީ އަދަބުދިނުމުގެ މަޤުޞަދުގައި ނޫން ކަމަށާއި އެކަން ކުރަނީ ކުދިންނަށް ފަރުވާދިނުމަށް ކަމަށެވެ.

އަދި ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން ކުރިން ދެނެގަނެ އެ ކުދިންނަށް ފަރުވާ ދިނުމަކީ މިފަދަ މައްސަލަތައް ހައްލުކުރަން އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ކުށުގެ މާހައުލުގައި އުޅޭ ކުޑަކުދިން ދެނެގަތުމަށް ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ފުރިހަމަ ތަޙުޤީޤުތައްވެސް ހިންގާފައިވާ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!