ހަލިމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ފިލި މީހާ ހޯދަނީ

ހުޅުމާލެ އިން މާލެ އަރާ މަގު (ހަލިމަގުގައި) ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލުގައި ފިލި މީހާ ހޯދަން އިއުލާން ކޮށްފިއެވެ.

ހަލިމަގުގައި ރޭ 8:45 ހާއިރު މި އެކްސިޑެންޓު އެންމެ ފުރަތަމަ ހިނގީ އެ މަގުގެ ލައިޓް ކައިރީގައި ދެ ސައިކަލް ޖެހިގެންނެވެ. އޭގެ ތެރެއިން އެއް ސައިކަލްގައި އިން މީހާ ވަނީ ސީން ރޫޅާލާފައި އެ ސަރަހައްދު ދޫކޮށް ގޮސްފަ ކަމަށް މަޢުލޫމާތު ލިބެއެވެ.

ފިލަންދިޔަ ސައިކަލުގެ ފަހަތުން އައި ކާރު ކުއްލިއަކަށް ހުއްޓުމުގެ ސަބަބުން ކާރު ފަހަތުން އައި ސައިކަލުވަނީ ކާރުގައިޖެހި އެކްސިޑެންޓެއްވެފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން މަޢުލޫމާތު ދެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މި ހަދިސާގައި އަންހެނަކާއި ފިރިހެނަކަށްވަނީ އަނިޔާވެފަ އެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުވުމާ އެކުގައި ސީން ރޫޅާލައި އެ ތަނުން ފިލި މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ސަރަހައްދަކީ ވަރަށް ގިނައިން މިފަދަ ނުރައްކާތެރި އެކްސިޑެންޓު ހިނގާ ސަރަހައްދެއްކަން ފާހަގަ ކުރެވެ އެވެ.

އެގޮތުން މީގެ ތިންމަސް ކުރިން މި މަގުގައި ހުޅުމާލެއިން މާލެދާ ފަޅީގެ މެދަކާއި ހިސާބުން ސައިކަލަކާއި ކާރެއްޖެހި އެކްސިޑެންޓެއްވެފައިވެ އެވެ.

އަދި މީގެ ހަ މަސްކުރިން ހަލިމަގުގައި ދުއްވާފަައިދިޔަ ކާރެއްވަނީ ހޮޅިދަނޑިއެއްގައިޖެހި އެކްސިޑެންޓެއްވެފައެވެ.

advertisement
ހިޔާލު ދެއްވާ!