ތިލަމާލެ ބްރިޖުގެ މަސައްކަތުގައި އުޅުނު މީހަކު ނިޔާވި މައްސަލަ ކަމާއި ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އިން ބުނެފިއެވެ.
ތިލަމާލެ ބްރިޖްގެ މަސައްކަތުގައި އުޅެނިކޮށް އަނބުރައިގަނެގެން ވެއްޓިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވީ އިންޑިއާ ރައްޔިތެކެވެ. ފުލުހުން މީގެ ކުރިން މައުލޫމާތު ދިން ގޮތުގައި އެ މިހާއަކީ ސިނަމާލް ބްރިޖްގެ މަސައްކަތުގައި އުޅުނު މީހެކެވެ.
މިދިޔަ ހޯމަދުވަހުގެރޭ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ޓްރީޓޮޕާ ހަވާލާދީ ފުލުހުން ވިދާޅުވެއެވެ.
އެ ވުޒާރާއިން މިއަދު ބުނީ، ތިލަމާލެ ބްރިޖު ސައިޓްގައި މަސައްކަތް ކުރަމުންދިޔަ އިންޑިއާގެ ރައްޔިތެއް މަރުވެފައިވާއިރު، މި ހާދިސާ ކޮންޓްރެކްޓަރާއި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ތަޙުގީޤުކުރަމުންދާ ކަމަށެވެ.
އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައިވާ ތިލަމާލެ ބްރިޖު މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފެށި އުމްރާނީ އެންމެ ބޮޑު މަޝްރޫއެވެ.