ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއިމެދު ރައްޔިތުން ދެކޭގޮތް ދަނީ ބަދަލުވަމުން: ވަޒީރު

މާލެ އަތޮޅު ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި މެދު ރައްޔިތުން ދެކޭ ގޮތް ބަދަލުވަމުންދާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީ އާއި ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ޑރ. ޢައިޝަތު މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ފުޅުދައްކަވަމުން ނެވެ.

ވަޒީރު ވިދާޅުވީ ގުރައިދޫ މަރުކަޒަކީ ފަރުވާއަށް ޚާއްސަ ތަނެއްގެ ގޮތުގައި މިހާރު ބަދަލުވަމުންދާ ކަމަށާއި އެއީ ކޮންމެ ފަދަ މައްސަލައަކާއެކު އަންނަ ފަރާތެއް ނަމަވެސް އެތަނުން ފަރުވާ ލިބިގަތުމަށްފަހު އަނބުރާ ޢާއިލާއިން ޙަވާލުވާންޖެހޭ ފަދަ ގޮތަކަށް ކަންކަން ބައްޓަންވެފައިވާ މަރުކަޒެއް ކަމަށެވެ.

އަދި އެއީ ދާއިމީކޮށް މީހުން ތިބެން އަންނަ ހިޔަވައްސެއްގެ ގޮތުގައި ދެކޭ ގޮތް ބަދަލުވެއްޖެކަންވެސް ވަޒީރު ފާހަގަކުރެއްވި އެވެ.

ޑރ. ޢައިޝަތު ވިދާޅުވީ މި މަރުކަޒާއިމެދު ދެކޭގޮތް ބަދަލުކޮށްދެވިއްޖެ ކަމަށާއި މަރުކަޒަށް އަންނަ ކޮންމެ މީހަކީ ވަކި މުއްދަތަކަށް އަންނަ މީހެއް ކަމަށާއި އެމީހާ އެތަނުގައި ހޭދަކުރާ މުއްދަތުގައި އަލުން އަނބުރާ މުޖުތަމަޢަށް ދާން ތައްޔާރުވާ ކަމަށެވެ.

އަދި އެފަދަ ޕްރޮގްރާމްތައްވެސް މަރުކަޒުގައި ހިންގަމުންދާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

advertisement
ހިޔާލު ދެއްވާ!