ޚަދީޖާ ޔަލްވީ. ފޮޓޯ: ފުލުހުން

ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފަސް ދުވަސް ފަހުން ފެނިއްޖެ!

ގެއްލިގެން ހޯދަމުންދިޔަ ޚަދީޖާ ޔަލްވީ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ޚަދީޖާ ޔަލްވީ ރޭގެ ވަގުތެއްގައި ފެނިފައިވަނީ މާލެއިން ކަމަށާ އޭނާގެ ޙާލު ރަނގަޅު ކަމަށެވެ.

ޚަދީޖާ ޔަލްވީ ގެއްލިގެން ފުލުހުން އެ ކުއްޖާ ހޯދަމުން އަންނަ ކަމަށް ބުނީ އިއްޔެއެވެ.

މިކަމާއި ގުޅިގެން ފުލުހުން އިއްޔެ ބުނީ ޢާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާތީ އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ޚަދީޖާ ޔަލްވީ އެންމެ ފަހުން ފެނިފައިވަނީ ޖޫން 14 ވަނަ ދުވަހު ކަމަށް ޢާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން އިއްޔެ ބުނެފައިވެއެވެ.

މިއަހަރުގެ ކުރީކޮޅު ވެސް ޚަދީޖާ ޔަލްވީގެ ޚަބަރެއް ޢާއިލާއަށް ނުވެގެން ރިޕޯޓް ކުރުމުން އޭނާ ހޯދުމަށް ފުލުހުން މަސައްކަތް ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!