ޔޯގާ، ޔޯގާއަށް ވަނީ އިރުގެ ކަލާނގެ ތަޤްދީސް ކުރާ ސްޕިރިޗުއަލް ބައިވެސް އޭގައި ހިމެނުނީމަ: ޝެއިޚް ޒައިދު

ޔޯގާ، ޔޯގާއަށް ވަނީ އިރުގެ ކަލާނގެ ތަޤްދީސް ކުރާ ސްޕިރިޗުއަލް ބައިވެސް އޭގައި ހިމެނުނީމަ ކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ޒައިދު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޒައިދު ވަނީ ދުނިޔޭގެ ޔޯގާ ދުވަހޭ ކިޔައިގެން ފަތުރަމުން އަންނަ ވާހަކަތަކުގެ ދަންތުރައިގައި ނުޖެހުމަށްވެސް އިލްތިމާސްކޮށްފައެވެ.

"އެހެންވީމަ އަޅުގަނޑުމެން ބުނަނީ ޔޯގާ ނަހަދާށޭ! ކަސްރަތު ކުރާށޭ! ޔޯގާ ޑޭ އޭ ކިޔައިގެން އެފަތުރާ ދަންތުރައިގައި ނުޖެހޭށޭ!" ޒައިދުގެ ޕޯސްޓުގައި އެދިފައިވެއެވެ.

ޒައިދު ވިދާޅުވީ ހިންދޫ ދީނުގައި ފަތުރާ ޔޯގާގެ ބާތިލްކަމާއި އޭގެ ނުބައިކަމާއި ހަރާމްކަން އަދި އެފަދަ ކަމެއް އިސްލާމީ ޤަައުމުތަކުގައި ބޭއްވިގެން ނުވާނެ ކަމަށެވެ.

އަދި އެކަމާއިމެދު ހިތުގައި އެއްވެސް ޝައްކެއް ނެތް ކަމަށާއި މާތް ﷲ ފިޔަވައި ހައްގުވެގެން އަޅުކަން ވެވޭ އެހެން އެއްވެސް އިލާހަކު ނުވާ ކަމަށްވެސް ޒަިއުދު ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ ޔޯގާގެ ހުކްމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އޭރުވެސް މިހާރު ވެސް ހިންދޫ ޔޯގާއަކީ އިސްލާމީ އެއްކައުވަންތަކުރުމުގެ އަސާސްއާއި ހިލާފް އަމަލެއް ކަމަށެވެ. އަދި މި އަމަލަކީ މުސްލިމުން ދުރުހެލިވާން ޖެހޭ އަމަލެއް ކަމަށްވެސް ޒައިދު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!