ރައީސް މުއިއްޒު ފައްޓަވާފައިވާ ކަންތައްތަކަކީ ރައްޔިތުންނާއި ކައުންސިލަށް ފައިދާ ހުރި ކަންތައްތަކެއް: މޭޔަރ

ރައީސް މުއިއްޒު ފައްޓަވާފައިވާ ކަންތައްތައް ކުރިޔަށް ގެންދާން ނިންމާފައިވާ ކަމަށާއި އެއީ ރައްޔިތުންނާއި ކައުންސިލަށް ފައިދާ ހުރި ކަންތައްތަކެއް ކަމަށް  މާލެ ސިޓީ ކައުންސިލްގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ މިފަދައިން ވިދާޅުވީ  ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

މޭޔަރ އާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފެއްޓެވި ކަންކަން އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަށް ކުރިޔަށްދާނެ ކަމަށާއި މާލެ ސިޓީ ކައުންސިލުގެ މަސައްކަތްތަކަށް ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށެވެ.

އަދި ވަކި ސަރުކާރަކުން ނުވަތަ ވަކި ބޭފުޅަކު ފެށި މަސައްކަތަކަށް ވުމުން އެ މަސައްކަތް ހުއްޓާާލުމުގެ ސަޤާފަތް ދޫކޮށްލަން ޖެހޭ ކަމަށާއި އެގޮތަށް އެކަން ކުރުމުން ރައްޔިތުންގެ ވަގުތާއި އެތައް ބައިވަރު ފައިސާތަކެއް ގެއްލިގެންދާކަމަށްވެސް އާޒިމް ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ ސިޔާސީ ކޯޅުންގަނޑާ ހުރެ އެކަމަކަށް ރައްޔިތުން ކުރަމުންދާ މިންނެތް މަސައްކަތް ގެއްލި އޭގެ އަސަރު ގިނަ ރައްޔިތުންނަށް ކުރަމުންދާ ކަމަށެވެ.

އާޒިމް ވިދާޅުވީ  ރައްޔިތުން އެބޭފުޅުން އިންތިހާބުކުރީ ކޯޅޭކަށެއް ނޫން ކަމަށާއި އެބޭފުޅުން އިންތިހާބު ކުރީ ރައްޔިތުންނަށް ޚިދުމަތް ކުރަން ކަމަށެވެ.

"އެބަޔަކަށް ހާސިލް ކުރެވޭނީ ހާސިލް ކުރަން އުޅޭ ކަމެއް، ކޯޅެން އުޅޭ ބަޔަކަށް ކޯޅެވޭނީ، ޚިދުމަތް ކުރަން އުޅޭ ބަޔަކަށް ޚިދުމަތް ކުރެވޭނީ. އެހެންވީމާ އަޅުގަނޑުމެންގެ އަމާޒަކީ ޚިދުމަތްކޮށްދިނުންް." އާޒިމް ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!