އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް ގެ ހަރުގެ ހިންގި ބިން، ހ. ވެޔޮވިލާ

ޑިމޮކްރެޓްސް ހަރުގެ ހުރިތަނުގައި ޕީއެންސީގެ ޖަގަހައެއް ހުޅުވަން ތައްޔާރުވެއްޖެ!

މާލޭގައި ދަ ޑިމޮކްރެޓްސް ޕާޓީގެ ހަރުގެ ހުރިތަނުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ، ޕީއެންސީގެ ޖަގަހަ ހުޅުވަން ތައްޔާރުވެއްޖެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި އެ ޕާޓީގެ ޖަގަހަ ހުޅުވުން އޮންނާނީ މިމަހުގެ 22 ވާ ހޮނިހިރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ ހ. ވެޔޮވިލާގޭގައެވެ.

ޖަގަހަ ހުޅުވުން އޮންނާނީ ހޮނިހިރު ދުވަހުގެރޭ 8:30 ގައި ކަމަށާ އަދި ޖަގަހަ ހުޅުވާދެއްވާނީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

އެ ޕާޓީން ވަނީ މި ޙަފްލާއަށް ހުރިހާ ބޭފުޅުންނަށް ދަޢުވަތު އަރުވައިފައެވެ.

ޑިމޮކްރެޓްސްގެ ކުރިން އެމްޑީޕީގެ މައި ހަރުގެ ވެސް ހުރި، ހ. ވެޔޮވިލާ ޕީއެންސީން ކުއްޔަން ނަގާފައިވަނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޕީއެންސީ އަދި ޕީޕީއެމް ކޯލިޝަނެއް ހަދައިގެން އެކުގައި މަސައްކަތް ކުރަމުން އައި ނަމަވެސް މިދިޔަ އޭޕްރީލްމަހު ބޭއްވި މަޖިލީސް އިންތިޚާބުގައި ޕީޕީއެމް ޓިކެޓުގައި އެއްވެސް ކެންޑިޑޭޓަކު ވާދަކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ. އެހެން ނަމަވެސް ޕާޓީތަކުގެ ދަފްތަރުގައި ތިބި މެމްބަރުންނަށް ބަލާއިރު ޕީޕީއެމްގައި 35،044 މެމްބަރުން ތިބިއިރު، ޕީއެންސީގައި ތިބީ  27،704 މެމްބަރުންކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!