ގދ. ފިޔޯރީން 9 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފިޔޯރީ އެމްވީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި 9 އަހަރުގެ މަރިޔަމް މީނާލް މުޙައްމަދު މިއަދުގެ ހަވީރު 5:35ން ފެށިގެން ވަނީ ވީ ނުވީއެއް ނޭނގި ގެއްލިފައެވެ.
އަދި އެ ކުއްޛާގެ އެއްވެސް ޚަބަރެއް ވޭތޯ ވީހާވެސް ގިނަ ރައްޔިތުން އެހީތެރިވެ ދިނުމަކީ ޢާއިލާގެ އަދި ފިޔޯރީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމަށް ފިޔޯރީ އެމްވީއިން ބުނެފައިވެއެވެ.
އެ ކުއްޖާއާބެހޭ އެއްވެސް ޚަބަރެއް ލިބިއްޖެނަމަ ކުއްޖާގެ ބައްޕަ، މުޙައްމަދު ރަޝީދުގެ މޮބައިލް ނަންބަރ 7574670 އަށް ގުޅުއްވުމަށް ވެސް އެދިފައިވެއެވެ.
ތަފްސީލް އަންނަނީ….