ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރޭގައި އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާ ކޮށްފިއެވެ.
މެޓުން ބުނީ ރާއްޖެގެ އުތުރާއި މެދު ރާއްޖެ ތެރޭގައި އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުުގުރާނެ ކަަމަށްވެސް ލަފާ ކުރެވޭ ކަމަށެވެ.
އަދި މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އިއްޔެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވެ ފުލުފުލުގައި ހުދު ސަމާލު ނެރެފައިވާއިރު ފަހުން ރީނދޫ ސަމާލުވެސް ނެރެފައިވާކަން ފާހަގަކުރެވެއެވެ.
އެގޮތުން މެޓުން ބުނީ ދެކުނާއި ހުޅަނގުދެކުނުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުނެފައި ވެއެވެ.
އިއްޔެ މާލެ އާއި ހުޅުމާލެއަށްވެސް ބޯކޮށް ވާރޭވެހިފައިވެއެވެ. ބުދަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.