ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިން މާދަމާ ރާއްޖެ އަންނަން ފަށާނެ: އެމްއެޗްސީއެލް

ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ހައްޖުވެރިން މާދަމާ ރާއްޖެ އަންނަން ފަށާނެ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް (އެމްއެޗްސީއެލް) އިން ބުނެފި އެވެ.

ރާއްޖެއިން ހައްޖުގެ އަޅުމަކަށް މައްކާއަށް ދިޔަ ދިވެހި ހައްޖުވެރިންގެ ހާލު އާންމު ގޮތެއްގައި ރަނގަޅު ކަމަށާއި ހައްޖުވެރިން ފުރުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމީ ކަަންތައްތަކާއި ބެހޭ ވުޒާރާއިން މިދިޔަ ހޮނިހިރު ދުވަހު ބުނެފައިވެއެވެ.

އެ ވުޒާރާއިން ވަނީ ހައްޖުވެރިން ރާއްޖެ އައުމަށް ފުރަން ހަމަޖެހިފައިވާ ގޮތުގެ ތަފްސީލުވެސް ހާމަކޮށްފައެވެ.

އެގޮތުން ހައްޖުވެރިން އެންމެ ފުރަތަމަ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އެއަށްފަހު 28 ވަނަ ދުވަހާއި 1 ޖުލައި އަދި 04 ޖުލައިގައި ހައްޖުވެރިން ރާއްޖެ އެންބުރި އައުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

އެ ގޮތުގައި ދިވެހި ހައްޖުވެރިންގެ ތެރެއިން މިހާތަނަށް ނިޔާވީ އެއް ހައްޖުވެރިއެއް ކަމަށާއި މިވަގުތު ހޮސްޕިޓަލުގައި އެއް ޙައްޖުވެރިއަކު އޮތް ކަމަށް އެ ވުޒާރާއިން ބުނެފައިވާއިރު އާންމު ގޮތެއްގައި ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

ހައްޖުގެ މަތިވެރި އަޅުކަމަށް ފަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.

advertisement
ހިޔާލު ދެއްވާ!