ޕިއެންސީ ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގެތެރެއިން. ފޮޓޯ: ދެންފީޑް

ޕީއެންސީ ހައުސް ރަސްމީކޮށް ހުޅުވައިފި!

ވެރިކަން ކުރާ މައި ޕާޓީ ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް ޕާޓީ، ޕީއެންސީ ހައުސް ރަސްމީކޮށް ހުޅުވައިފިއެވެ.

ޕީއެންސީ ހައުސް ހުޅުވައިދެއްވީ މިރޭ ބޭއްވި ޚާއްސަ ޙަފްލާއެއްގައި، ޕީއެންސީގެ ލީޑަރ އަދި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ޙަފްލާ ރޭ ބާއްވަން ތައްޔާރުވި ނަމަވެސް ވިއްސާރަވުމުގެ ސަބަބުން މިރެއަށް ފަސްކުރިކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މިރޭވެސް ޙަފްލާ ފެށިފަހުން އެސަރަހައްދަށް ވާރޭވެހިފައިވާކަން ފާހަގަ ކުރެވެއެވެ.

މި ޚާއްސަ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ނާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން އެމްއެންޕީގެ ލީޑަރު ކާނަލް ނާޒިމް، އެމްޑީއޭގެ ލީޑަރު އަޙުމަދު ޝިޔާމް މުޙައްމަދު، ދައުލަތުގެ ވުޒާރާތަކުގެ ވަޒީރުންނާ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އިތުރުން ޕީއެންސީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުންނާ ސަޕޯޓަރުން ބައިވެރިވި ކަން ފާހަގަ ކުރެވެއެވެ.

ކުރިން މޯލޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ މައި ހަރުގެ އަދި ފަހުން ދަ ޑިމޮކްރެޓްސްގެ ހަރުގެ ހުރި ހ. ވެޔޮވިލާ ޕީއެންސީއިން ކުއްޔަށް ނަގާފައި ވަނީ 5 އަހަރުގެ މުއްދަތަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

 

advertisement
ހިޔާލު ދެއްވާ!