ދިިއްދޫ ގެއެއްގެ ފުރާޅު އެއްލާލައި ކަރަންޓް ބޯޑަށް ފެން އެޅި ކަރަންޓް ކެނޑިއްޖެ

ވައިގަދަވުމުގެ ސަބަބުން ހއ. ދިއްދޫގައި ހުރި ގެއެއްގެ ފުރާޅު އެއްލާލައި ކަރަންޓު ބޯޑަށް ފެން އެޅި ކަރަންޓު ގޮސް، ބޮޑު ގެއްލުމެއް ލިބިއްޖެ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހއ. ދިއްދޫއަށް ވައިގަދަވެ އެ ރަށު ގެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށެވެ.

https://x.com/NDMAmv/status/1805266244771385545?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1805266244771385545%7Ctwgr%5Ed5246c3bf0ae57fa8fa6d75eece7f51a7789202b%7Ctwcon%5Es1_&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F1082134%2F

އަދި މިހާދިސާގައި ކަރަންޓު ބޯޑަށް ފެންއެޅިފަވާ ކަމަށާއި އޭގެ ސަބަބުން ކަރަންޓު ކެނޑި އެގޭގައި ދިއުޅޭ އާއިލާއަށް އެ އޮތޯރިޓީ އާއި ރަށު ކައުންސިލު ގުޅިގެން ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ވައިގަދަ ދުވަސްވަރެކެވެ. ވުމާއިއެކު މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓުން ވަނީ ރާއްޖޭގެ އެންމެ އުތުރަށް ހުދު ސަމާލު ވެސް ނެރެފައެވެ.

މެޓުން ވަނީ މިރޭ 19:30 އިން ފެށިގެން 01:30 އަށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ.

މެޓުން ބުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!