އިންޑިއާ ކިބައިން ގައުމު ސަލާމަތް ކުރަން ނިކުމެ "އިންޑިއާ އައުޓް" ގޮަވައި، ގައުމުގެ ވެރިކަން ލިބުމުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިތުރު ދައުރަކަށް ހޮވިވަޑައިގެންނެވުމުން ޖިޒީ ދައްކަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ފްރަންޓް އޮފީހުގެ އައު އޮފީހުގައި މިހާރު ބާއްވަމުންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އިންޑިއާ ކިބައިން ރާއްޖެ ސަލާމަތް ކުރުމަށް ނިކުމެ ކުރި މަސައްކަތުން ގައުމު ސަލާމަތް ވިތޯ ސުވާލު ކުރައްވައިފައެވެ.
އެގޮތުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދު މިސަރުކާރަށް ސާފު ނުވުމަކީ ވެސް މިސަރުކާރުން ދެއްކި ވާހަކަ ދިމާނުވާކަމުގެ މިސާލެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ފައި ދަށަށް ވެއްޓި ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ދިޔުމަކީ އެމަނިކުފާނުގެ ޟަމީރު ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ.
އެހެން ކަމުން އެމްޑީޕީ މެމްބަރުންނަށް މި ސަރުކާރުން ދެއްކީ ދޮގު ވާހަކަ އެކޭ ބުުނުމުގެ ފުރުސަތު އޮތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މިސަރުކާރުން ކުރާ ކަންކަމުގައި ދެފުށް ނުފެންނަކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.