ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ބަކާ ރަތް ޖާރޒީގައި

ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ބަކާގެ ޙާލުދެރަވެ އައިސީޔޫގައި ފަރުވާ ދެނީ!

ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުޙައްމަދު އާރިފް، އާންމު ނަމުންނަމަ ބަކާގެ ޙާލުދެރަވެ އައިސީޔޫގައި ފަރުވާ ދޭންފަށައިފިއެވެ.

ރެއިންފެށިގެން ބަކާއަށް ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބަކާގެ ޙާލު ކުއްލިއަކަށް ގޯސްވީ ވަރަށް ބޮޑަށް ހުންއައިސް ނޭވާލާން ދަތިވެ ވަރުދެރަވެގެންނެވެ.

މިފަހަރުގެ ޙައްޖުގެ އަޅުކަން އަދާ ކުރުމަށްފަހު ބަކާ މާލެ އައިސްފައިވަނީ މީގެ ދެދުވަހެއް ކުރިން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭނާ ޙައްޖަށް ގޮސްފައިވަނީ ސަޢޫދީ ރަސްގެފާނުގެ ދަޢުވަތަށް ސަޢޫދީ އެމްބަސީން ޙައްޖަށް ފޮނުވާ މީހުންގެ ގުރޫޕްގައި ހިމެނިގެންނެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި ފާހަގަކުރެވޭ ބަކާ ވަނީ ސާފް ޗެމްޕިއަންޝިޕް 2008 ގައި ރާއްޖެއަށް ހޯދައިދިން ޓީމުގައި ހިމެނި މުހިއްމު ދައުރެއް އަދާކޮށްފައިކަން ފާހަގަ ކުރެވެއެވެ. އޭނާއަކީ މިޑްފީލްޑަށް ކުޅުނު މޮޅު ކުޅުންތެރިއެކެވެ.

advertisement
ހިޔާލު ދެއްވާ!