ހިޒްބުﷲ އިން ބޭއްވި ރެލީ އެއްގެ ތެރެއިން

އިސްރާއީލުން ބޭނުންވަނީ ހިޒްބުﷲ އާއެކު ޑިޕްލޮމެޓިކް ހައްލެއް

ލުބުނާންގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތް ކަމުގައިވާ ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު ކުރިޔަށްދާ ހަމަލާ ބަދަލުކުރުންތަކުގައި ބޭނުންވަނީ ޑިޕްލޮމެޓިކް ގޮތުން ހައްލެއް ގެނައުމަށްކަމަށް އިސްރާއީލުގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ ބުނެފިއެވެ.

އިސްރާއީލުގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ ބުނީ  އިސްރާއީލުން އަންނަނީ އެމެރިކާގެ އޮފިޝަލުންނާއެކު ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ އެންމެ އިންޓެންސް ބައި ނިންމޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރަމުން ކަމަށެވެ. އަދި މިއާއެކު ހިޒްބުﷲ އާ އިސްރާއީލާ ދެމެދު ކުރިޔަށްދާ ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ގޮތްތައްވެސް ބަލަމުންދާކަމަށެވެ.

އިރާނުން ވާގިވެރިވެގެން ހިންގަމުން އަންނަ ހިޒްބުﷲ އިން އިސްރާއީލުގެ އުތުރަށް ހަމަލާ ދޭން ފެށީ އިސްރާއީލުން ޣައްޒާގައި ކުރިޔަށްގެންދާ ގަތުލު އާންމާ ގުޅިގެންނެވެ. އެޖަމާއަތުން ބުނަމުން އަންނަނީ އިސްރާއީލަށް ހަމަލާ ދެމުން އަންނަނީ އިސްރާއީލުން ޣައްޒާގައި ކުރިޔަށްގެންދާ ގަތުލު އާންމަށް ހުރަސް އެޅުމުގެ ގޮތުންކަމަށެވެ.

އިސްރާއީލާ ލުބުނާން ގުޅޭ ބޯޑަރު ސަރަހައްދުގައި ހަމަލާ ބަދަލުކުރުންތައް ކުރިޔަށްދާތީ ދެ ފަރާތުންވެސް ވަނީ އެސަރަހައްދުގައި ދިރިއުޅޭ އެތައް ހާސް ބަޔަކު އެހެން ހިސާބުތަކަށ ްބަދަލުކޮށްފައެވެ.

އިސްރާއީލުގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ ބުނީ ކުރިޔަށް އޮތް ހަފްތާތަކުގައި ހިޒްބުﷲ އާއެކު އެއްބަސްވުމަކާ ހަމައަށް އާދެވޭނެކަމަށް ގަބޫލުކުރެވޭކަމަށެވެ.

ޑިޕްލޮމެޓިކް ގޮތަކަށް މިކަމަށް ހައްލު ނުގެނޭވަނަމަ އިތުރު ގޮތްގޮތުން ހިޒްބުﷲ އާއެކު އެއްބަސްވުމަކަށް އާދެވޭނެ ގޮތްތައް ބަލާނެކަމަށް އޭނާ ބުންޏެވެ. އަނެއްކޮޅުން އިސްރާއީލުން އަންނަނީ ޣައްޒާގައި ވެރިކަންކުރަމުން އަންނަ ހަމާސްގެ ބަދަލުގައި ޣައްޒާގައި ވެރިކަންކުރާނެ ބަޔަކާ ގުޅޭގޮތުން އެމެރިކާ އާއި ހުޅަނގާއި ބައެއް އަރަބި ގައުމުތަކާއެކު މަޝްވަރާކުރަމުން ކަމަށް އޭނާ ބުންޏެވެ.

advertisement
ހިޔާލު ދެއްވާ!