މާލޭ ސިޓީ ކައުންސިލް މެމްބަރު ޝުޖާޢު

ޕީޕީއެމް ސަރުކާރުގައި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ރައްކާކޮށްފައި ހުރި ފައިސާ އެމްޑީޕީ ސަރުކާރުންވަނީ ހުސްކޮށްފައި

ރައީސް އަބްދުﷲ ޔާމީން އަބްދުޤައްޔޫމުގެ ސަރުކާރު ނިމުނުއިރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި 100 މިލިއަން ޑޮލަރު ރައްކާކޮށްފައި ހުރިއިރު، އެމް.ޑީ.ޕީ ސަރުކާރުން އެކި ފަރާތްތަކަށް ބަދަލު ދިނުމުގެ ނަމުގައި އެ ފައިސާ ހުސްކޮށްފައިވަނީ ފަންޑަށް ޤާނޫނީ ބާރުވެރިކަމެއް ނެތުމުން ކަމަށް  ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިފަދައިން ވިދާޅުވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު މަޖިލީހަށް ހުށަހަޅުއްވާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

މެންބަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޤާނޫނީ ބާރުވެރިކަން ދެއްވަން ބޭނުންފުޅުވަނީ ރައްޔިތުންގެ ފައިސާއަށް ރައްކާތެރިވުމުގެ ގޮތުން ކަމަށެވެ.

އަދި ޤައުމެއްގެ މިނިވަންކަމާއި އިސްތިޤުލާލު ފުރިހަމަ މާނައިގައި ހިފެހެއްޓޭނީ ބޭރުގެ ދަރަނި ދެއްކޭ ހާލަތުގައި އޮތް ޤައުމެއްގެ ގޮތުގައި ބޭރުގެ އިންވެސްޓަރުންނާއި ފަންޑު ފޯރުކޮށްދޭ ޖަމްޢިއްޔާތަކަށް ޔަޤީންކަން އޮވެގެން ކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވީ ރައްޔިތުންގެ ފައިސާއަށް ރައްކާތެރިވުމަކީ ރައީސް މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދު ކަމަށާއި ވެރިކަމުގެ ކުރީކޮޅު، ސޮވްރިން ޑިވެލޮޕްމަންޓް ބިލް މަޖިލީހަށް ހުށަހެޅުއްވީ އެ މަޤްޞަދުގައި ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!