ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ބަކާ ނިޔާވެއްޖެ

ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުޙައްމަދު އާރިފް، އާންމު ނަމުންނަމަ ބަކާގެ ޙާލުދެރަވެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ރެއިންފެށިގެން ބަކާއަށް ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބަކާގެ ޙާލު ކުއްލިއަކަށް ގޯސްވީ ވަރަށް ބޮޑަށް ހުންއައިސް ނޭވާލާން ދަތިވެ ވަރުދެރަވެގެންނެވެ.

މިފަހަރުގެ ޙައްޖުގެ އަޅުކަން އަދާ ކުރުމަށްފަހު ބަކާ މާލެ އައިސްފައިވަނީ މީގެ ދެދުވަހެއް ކުރިން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭނާ ޙައްޖަށް ގޮސްފައިވަނީ ސަޢޫދީ ރަސްގެފާނުގެ ދަޢުވަތަށް ސަޢޫދީ އެމްބަސީން ޙައްޖަށް ފޮނުވާ މީހުންގެ ގުރޫޕްގައި ހިމެނިގެންނެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި ފާހަގަކުރެވޭ ބަކާ ވަނީ ސާފް ޗެމްޕިއަންޝިޕް 2008 ގައި ރާއްޖެއަށް ހޯދައިދިން ޓީމުގައި ހިމެނި މުހިންމު ދައުރެއް އަދާކޮށްފައިކަން ފާހަގަ ކުރެވެއެވެ. އޭނާއަކީ މިޑްފީލްޑަށް ކުޅުނު މޮޅު ކުޅުންތެރިއެކެވެ.

 

advertisement
ހިޔާލު ދެއްވާ!