ޢިޤްތިޞާދު ސަލާމަތްކުރަން ޚާއްސަ ސަމާލުކަމެއްދޭންޖެހޭ: އިބްރާހީމް ދީދީ

އިޤްތިޞާދު ސަލާމަތްކުރަން ޚާއްސަ ސަމާލުކަމެއްދޭން ޖެހޭ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާޙިމް ދީދީ ވިދާޅުވެއްޖެ އެވެ.

އިބްރާހީމް މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިޤްތިޞާދީ އަޅުވެތިކަމަށް ޤައުމު ގޮސްފިނަމަ އޭގެ ގެއްލުން ރައްޔިތުންނަށްވެސް ކުރިމަތިވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތްކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖެ އިޤްތިޞާދީ އަޅުވެތިކަމުން ސަލާމަތްކުރުމުގެ މަސައްކަތް ކަމަށްވެސް އިބްރާޙީމް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ރައީސް ކުރައްވާ ކޮންމެ މަސައްކަތްޕުޅެއް ބައްޓަންކުރައްވަނީވެސް މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި މި ޤައުމު ބޭއްވުމަށްކަން ފާހަގަކުރައްވާފައެވެ.

އިބްރާހީމް ވިދާޅުވީ ރާއްޖޭގެ މަސްލަޙަތާ ގުޅޭ ކަންކަން ނިންމުމުގެ ބާރު ދިވެހިންނަށް ފުރިހަމައަށް އޮންނަން ޖެހޭ ކަމަށާއި އެފަދަ ނުފޫޒުތަކުން އެއްކިބާވުމަށެވެ.

އަދި ސަރުކާރުން ދަރަނީގެ ގޮތުގައި އެކި ފަރާތްތަކަށް ދައްކަންޖެހޭ 13 ބިލިއަން ރުފިޔާ ދެއްކުމުގެ އިތުރުން ބޭރުގެ ލޯނުތަކަށް 2.7 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށްވެސް އިބްރާހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިފާނު ވަނީ އިޤްތިޞާދަކީ އެންމެންގެ ކަމެއް ކަމަށާއި ޤައުމު އަޅުވެތިކަމަކަށް ގޮސްފިއްޔާ އެންމެންވެސް އަޅުވެތިވާނެކަން ފާހަގަކުރައްވާފައެވެ.

"ކުރީގެ ދައުރުގައި މިއޮތީ އަޅުގަނޑުމެންނަށް ނޫޅެވޭވަރަށް އިޤްތިސާދީ ހާލަތު ނިކަމެތިކޮށްފައި. މިއަށްވުރެ ފަހަތަށް އިޤްތިޞާދު ގޮސްފިނަމަ އަޅުވެތިކަމަށްދާނީ." ފޭދޫ ދެކުނު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!