ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް މި އަހަރު އެއްކޮށް ނިމޭނެ: ސީއެމްސީ

ހުޅުމާލޭ ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މިއަހަރުގެ ތެރޭ އެއްކޮށް ނިމޭނެ ކަމަށް އެ މަސައްކަތް ކުރިއަށްގެންދާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)ން ބުނެފި އެވެ.

ފޭސް 3 ގެ މަސައްކަތް ކުރިއަށްދާ ގޮތް މީޑިޔާތަކަށް ދައްކާލަމުން ސީއެމްސީގެ މެނޭޖިންގ ޑިރެކްޓަރ ރާޖް އެސް މަނިވަންނަން ވިދާޅުވީ ހުޅުމާލޭ ތިން ވަނަ ފިޔަވަހި ހިއްކުމަށްޓަކައި ބޮޑު ޑްރެޖަރެއް ގެންނާނެ ކަމަށެވެ.

އަދި އަންނަ އޮގަސްޓު މަހު ބޮޑު ޑްރެޖަރ ގެނެސް، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން މިއަހަރު ތެރޭ އެއްކޮށް ހިއްކާ ނިންމާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި ޑްރެޖަރަކީ 30،000 އެއް ފަހަރާ ކުރެވޭނެ ޑްރެޖަރެއް ކަމަށާއި މި ޕްރޮޖެކްޓްގެ މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ރާޖް އެސް ވިދާޅުވިއެވެ.

މި ހަރަކާތުގެ ތެރެއިން އެޗްޑީސީގެ އެސިސްޓަންޓް ޕްރޮޖެކްޓް މެނޭޖަރު އަބުދުލް މުއިއްޒު ހަސަން ވިދާޅުވީ ޑްރެޖަރުތައް 24 ގަޑިއިރު މަސައްކަތް ކުރާއިރު އެހީވުމަށްޓަކައި ބާޖުތައްވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އަދި ހޮޅި އަޅާފައިވާ ސަރަހައްދުތަކުގައި އިތުރު ޓަގު ބޯޓުފަހަރުވެސް މަސައްކަތް ކުރަމުންދާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މި މަޝްރޫޢުގައި މި ސަރަހައްދުގައި ބާކީ ހިއްކަން ޖެހެނީ 40 ހެކްޓަރުގެ ބިން ކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ. އަދި މި މަޝްރުއޫގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!