ސްލޮވީނިއާ އަށް ތާރީޚީ ކާމިޔާބެއް!

ސްލޮވީނިއާ އިން ތިން ވަނަ ޓީމުގެ ގޮތުގައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނޮކައުޓް ބުރަށް ދަތުރުކޮށް ތާރީޚީ ކާމިޔާބެއް ހޯދައިފި އެވެ.

އެގޮތުން ގްރޫޕްގެ އެއް ވަނަގައި އޮތީ އިންގްލެންޑެވެ. އިންގްލެންޑަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ.

އަދި ޑެންމާކް ދެ ވަނަ ހޯދީ ތިން ވަނަ އަށް ދިޔަ ސްލޮވީނި އާއި އެއްވަރަށް ތިން ޕޮއިންޓް ހޯދައިގެންކަން ފާހަގަ ކުރެވެއެވެ. ވުމާއިއެކު ސްލޮވީނިއާ އަށް ވެސް ނޮކައުޓްގެ ޖާގަ މިވަނީ ލިބިފަ އެވެ.

މެޗު ފެށުމާއިއެކު މެޗުގެ ހަތަރު ވަނަ މިނެޓުގައި ސްލޮވީނިއާ އަށް ގޯލް ޖެހުމުގެ ފުރުޞަތެއް ލިބިފައިވީނަމަވެސް އެ ފުރުޞަތު ގެއްލިފައިވާކަން ފާހަގަކުރެވެއެވެ.

ރޭގެ މެޗުގައި ސްލޮވީނިއާއަށް ގޯލެއް ކާމިޔާބު ކުރެވިފައިނުވިނަމަވެސް 16 ޖޫންގައި ޑެންމާކާއި ބައްދަލުކޮށް 1 ގޯލްވަނީ ކާމިިޔާބު ކޮށްފައެވެ. 20 ޖޫންގައި ސާރބިއާ އާއި ބައްދަލުކޮށް ދެ ޓީމުންވެސް ވަނީ އެއް ގޯލް ކާމިޔާބު ކޮށްފައެވެ.

މީގެ ކުރިން ޔޫރޯގައި ސްލޮވީނިއާ ބައިވެރިވެފައިވަނީ ޔޫގޯސްލާވިއާގެ ނަމުންނެވެ. ސްލޮވީނިއާގެ ނަމުން ވާދަކުރަން ފެށި ފަހުން މިއީ އެ ޓީމުގެ ދެ ވަނަ ޔޫރޯ އެވެ.

އެންމެ ފުރަތަަމަ އެޓީމުން ޔޫރޯގައި ބައިވެރިވެފައިވަނީ 2000 ވަނަ އަހަރުއެވެ. އެ ފަހަރު ކުޅުނު ދެމެޗުންވެސް ސްލޮވީނިއާވަނީ ބަލިވެފައިއެވެ.

advertisement
ހިޔާލު ދެއްވާ!