އެންވާރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، އެއިދާރާއިން ތަހުގީގު ކުރަމުންދާ މައްސަލަ އަކާ ގުޅިގެން ސްޓޭޓް މިނިސްޓަރު ޝަމްނާޒް އާއި އިތުރު ދެ މީހަކު ޖޫން 23 ވަނަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 7 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ދައުލަތުގެ އިސްވެރިއަކަށް ސިހުރު ހެދިކަމަށެވެ.
ޝަމްނާޒް އަކީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒްގެ ކުރީގެ އަނބިކަނބަލުންނެވެ. މިނިސްޓަރު ކަމަށް އައްޔަނު ކުރެވުނު އިރުވެސް ދެކަނަބަލުން ތިބީ ކައިވެނި ކޮށްގެންނެވެ. ނަމަވެސް ދެކަނބަލުންގެ ކައިވެނި ވަނީ މިދިޔަ ޖޫން މަހު ރޫޅިފައެވެ.
ސަމްނާޒް އަކީ މީގެ ކުރިން މާލޭ ސިޓީ ކައުންސިލްގެ މެންބަރު ކަންވެސް ކުރެއްވި މީހެކެވެ. ނަމަވެސް ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުން، މުލިއާގޭގެ އިސްވެރިޔާގެ މަގާމު އޭނާއަށް ދީފައިވާއިރު، މިދިޔަ އޭޕްރީލް މަހު ވަނީ އެންވާރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކޮށްފައެވެ.