މެނިންގޯކޮކަލް ކޭސް ފެނުމާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅާފައިވާނެ: އެޗްޕީއޭ

މެނިންގޯކޮކަލް ކޭސް ފެނުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން އަވަސް ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށް އެ އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާޙިމް އަޝްރަފް ވިދާޅުވެއްޖެ އެވެ.

އަޝްރަފު މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ފެނުނު މެނިންގޯކޮކަލް ބަލީގެ ކޭސްއާ ގުޅިގެން 46 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށާއި ކޭސްތައް ފެނުމާއިއެކު އެޖެންސީއިން އަވަށް ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށެވެ.

އަދި އޮންނަ މިންގަނޑާ އެއްގޮތަށް ކޮންޓެކްޓް ޓްރޭސިން ހަދާފާއިވާނެ ކަމަށާއި އެ ކޭސް އާއި ގުޅުން ހުރި ހުރިހާ ކޮންޓެކްޓުން މިހާރު ދެނެގަނެފައިވާ ކަމަށްވެސް އަޝްރަފު ވިދާޅުވިއެވެ.

އެބަލީގެ ބެކްޓީރިއާ ފެތުރުނަ ނުދިނުމަށް ދޭ އެންޓިބައޮޓިކް ޕްރޮފެލެކްޓިކް ބޭސް ދީ ބަލި ފެތުރުމަށް އޮތް ފުރުޞަތު ނައްތާލާފައިވާ ކަން ފާހަގަކުރައްވާ އަޝްރަފު ވިދާޅުވީ މި ކޭސްއާއި ގުޅިގެން 46 ކޮންޓެކްޓުން އައިޑެންޓިފައި ކުރެވިފައިވާ ކަމަށާއި އިތުރު ނުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އިތުރު މަޢުލޫމާތު ދެއްވަމުން އަޝްރަފު ވިދާޅުވީ މިބަލީގެ ބޭހާއި ވެކްސިނަކީ އާއްމުކޮށް ހުޅުވާލައިގެން ދޭ ބޭހެއް ނޫން ކަމަށެވެ. އަދި ބޭސް ދޭނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވާ މީހުންނާއި އެކަމަށް ޑޮކްޓަރުން އިރުޝާދުދެއްވާ ފަރާތްތަކަށް ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!