ރައީސް އޮފީހުގެ މިނިސްޓަރ އާދަމް ރަމީޒްއާ މަޤާމްގެ ފަތްކޮޅު ހަވާލުކުރެއްވުން.

ރައީސް އޮފީހުގެ މިނިސްޓަރ އާދަމް ރަމީޒް ސަސްޕެންޑްކޮށްފި!

ރައީސް އޮފީހުގެ މިނިސްޓަރ އާދަމް ރަމީޒް ސަސްޕެންޑްކޮށްފިއެވެ.

އާދަމް ރަމީޒް ސަސްޕެންޑްކޮށްފައި ވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އާދަމް ރަމީޒް ސަސްޕެންޑް ކޮށްފައި މިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަދި އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝަމްނާޒް ސަލީމް ހައްޔަރުކޮށްފައި ވަނިކޮށްކަން ފާހަގަ ކުރެވެއެވެ.

ޝަމްނާޒް ސަލީމް މިމަހުގެ 23 ވަނަ ދުވަހު ހައްޔަރުކޮށްފައި ވާއިރު، ސިހުރު ހެދުމުގެ ތުހުމަތުގައި އިތުރު 2 މީހަކުވެސް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިނިސްޓަރ ރަމީޒް ސަސްޕެންޑް ކުރީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ރަމީޒް މަޤާމުން އެކަހެރިކޮށްފައި ހުންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، މި ސަރުކާރުގެ މަތީ މަޤާމުތަކަށް އެ ދެ ބޭފުޅުން އައްޔަނު ކުރެއްވުމާއި ހަމައަށް ދެ ބޭފުޅުންވެސް ތިއްބެވީ މާލޭސިޓީ ކައުންސިލްގެ މެމްބަރު ކަމުގައެވެ.

ސްޓޭޓް މިނިސްޓަރ ޝަމްނާޒް ސަލީމް ފުރަތަމަ އައްޔަނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ގަނޑުވަރު މުލިއާގޭ އިސްވެރިޔާގެ މަޤާމަށެވެ. ނަމަވެސް މިއަހަރުގެ އޭޕްރީލްމަހު އޭނާ ވަނީ އެންވަޔަރުމެންޓް މިނިސްޓްރީއަށް ބަދަލުކުރައްވައިފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އާދަމް ރަމީޒްއާ ޝަމްނާޒްގެ ކައިވެނި ރޫޅިފައިވަނީ ދާދިފަހުންނެވެ.

advertisement
ހިޔާލު ދެއްވާ!