ރާއްޖޭގައި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑެއް އޮތީ ނަމެއްގައި: ފުވައްމުލަކު މެދު ދާއިރާގެ މެންބަރު

ރާއްޖޭގައި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑެއް އޮތީ ނަމެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވެއްޖެ އެވެ.

ފަޒާދު މިފަދައިން ވިދާޅުވީ  ޕީއެސްއެމްގެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ފަޒާދު ވިދާޅުވީ ސަރުކާރުން މިހާރު ހުށަހަޅުއްވާފައިވާ ބިލަކީ އިތުބާރު ކުރެވޭ ވަކި އުސޫލަކާއި ހަމަތަކުގެމަތިން ހިންގޭ ފަންޑެއްގެ ގޮތުގައި ދެމެހެއްޓުމަށް މުހިންމު ބިލެއް ކަމަށެވެ.

އަދި އެފަންޑަށް މިހާރު ފައިސާ ޖަމާކުރި ނަމަވެސް ފައިސާއަށް ޒިންމާވާނެ މީހުންނާއި ފަންޑު ބޭނުންކުރެވޭނެ ކަންކަން އަދި ރިޕޯޓިން ސިސްޓަމް ފަދަ ޤާނޫނީ އޮނިގަނޑެއް ނެތުމުން ބޭރުގެ ފަރާތްތަކުން ފަންޑު ދެކެނީ އާދައިގެ އެކައުންޓެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަޒާދު ވަނީ ވެރިކަމުގެ ކުރީކޮޅު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް، އެސްޑީއެފް ބިލު މަޖިލީހަށް ހުށަހެޅުއްވުމުން އެނގިގެންދަނީ ޚިޔާނާތާއި ވައްކަން ހުއްޓުވުމުގެ ނިޔަތް ސަރުކާރުގައި އޮތްކަން ފާހަގަކުރައްވާފައެވެ.

ޕިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓު ދަށްކޮށްފައިވަނީ ބޭރުގެ ދަރަނި ބޮޑުވެ ބޭނުންކުރެވޭ ބޭރު ފައިސާ ރާއްޖޭގައި މަދުވަމުންދާ ކަމަށާއި އެސްޑީއެފް ބިލުގެ އެންމެ ބޮޑު އެއް މަޤްސަދަކީ މާލީ ގޮތުން ރާއްޖެ ބާރުވެރިކުރުވުން ކަމަށްވެސް ފަޒާދު ވިދާޅުވި އެވެ.

advertisement
ހިޔާލު ދެއްވާ!