އިސްރާއީލުގެ ބޮޑުވަޒީރު ބެންުޔަމިން ނަތަންޔާހޫ

ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުން ފުޅާކުރުމަށް އިސްރާއީލުން ހާމަކޮށްފައިވާ ޕްލޭން އީޔޫން ކުށްވެރިކޮށްފި!

ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުން އިތުރަށް ފުޅާކުރުމާއި ގުޅޭގޮތުން އިސްރާއީލުގެ ކަނާތު ފިޔައިގެ ފިނޭންސް މިނިސްޓަރ ހާމަކޮށްފައިވާ ޕްލޭން ޔޫރަޕިއަން ޔޫނިއަނުން ކުށްވެރިކޮށްފިއެވެ.

ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ފިނޭންސް މިނިސްޓަރ ހާމަކޮށްފައިވާ ޕްލޭންގެ ދަށުން ހުޅަނގު އައްސޭރީގެ ފަސް ސަރަހައްދެއްގައި ޔަހޫދީން އާބާދުކުރާނެއެވެ. އީޔޫން ފާހަގަކޮށްފައިވާ ގޮތުގައި މި ޕްލޭނަކީ ސުލްހަ ގެނައުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުމަށް ގަސްތުގައި ކޮށްފައިވާ ކަމެކެވެ.

އިސްރާއީލުގެ ފިނޭންސް މިނިސްޓަރ ހާމަކޮށްފައިވާ މި ޕްލޭން ތަގްދީޒުކުރުމަށް އިސްރާއީލުގެ ސަރުކާރުން ނިންމާފައިވާއިރު އީޔޫން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މި ޕްލޭން އީޔޫން ގަބޫލުނުކުރާނެކަމަށެވެ. އަދި އިތުރަށް ޔަހޫދީން ގާނޫނާއި ޚިލާފަށް ހުޅަނގު އައްސޭރީގައި އާބާދުނުކުރުމަށް ގޮވާލާ އެ ޕްލޭން ތަންފީޒުނުކުރުމަށް ވަނީ ގޮވާލާފައެވެ.

އީޔޫގެ ބަޔާނުގައި ބުނެފައިވަނީ 1967 ވަނަ އަހަރު އެއްބަސްވެފައިވާ ބޯޑަރަށް ބަދަލު އަންނަ ގޮތަކަށް އެއްވެސް ކަމެއް އެޖަމާއަތުން ގަބޫލެއްނުކުރާނެއެވެ.

އަދި ފަލަސްތީނިއަން އޮތޯރިޓީ (ޕީއޭ)ގެ ބާރު ކަނޑުވާލާ ގޮތަށް އިސްރާއީލުން އަޅާ ފިޔަވަޅުތައް މިހާރުން މިހާރަށް ހުއްޓާލަންޖެހޭކަމަށް އީޔޫން ބުނެއެވެ. މީގެއިތުރުން ޕީއޭއަށް ލިބޭޭ ޓެކްސް ތަކާއި ކަސްޓަމްސް އިން ލިބެންޖެހޭ އާމްދަނީ އިސްރާއީލުން ހިފަހައްޓާފައި އޮންނައޮތުން ނިމުކަކަށް ގެނެސް ފަލަސްތީނުގެ ބިމުގައި އިސްރާއީލާއި ފަލަސްތީނަށް ހަމަ ފުރުސަތު ދިނުމަށް ވަނީ ގޮވާލާފައެވެ.

advertisement
ހިޔާލު ދެއްވާ!