ޢިއްޒުއްދީނު ފާލަމުގެ މަތިވަޑާންގަނޑު ހަލާކުވެފައި. މިހާރު މިފާލަން ވަނީ މަރާމާތުކުރުމަށް ރޫޅާލައިފައި.

ރަސްމީ ފާލަން މަރާމާތުކުރަނީ ފާލަމުގެ މަތީބައި ހަލާކުވެ ނުރައްކާތެރި ޙާލަތަކަށް ދިއުމާ ގުޅިގެން: މުއްޠަލިބް

ރަސްމީ ފާލަން މަރާމާތުކުރަނީ ފާލަމުގެ މަތީބައި ހަލާކުވެ ނުރައްކާތެރި ޙާލަތަކަށް ދިއުމާ ގުޅިގެން ކަމަށް އިމާރާތްކުރުމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މާލޭގެ ރަސްމީ ފާލަން ނުވަތަ ޢިއްޒުއްދީނު ފާލަން މަރާމާތުކުރަން ސަރުކާރުން ފަށާފައިވާތީ އެކަމަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދުދެއްވާ ވަޒީރު ވިދާޅުވީ، ރަސްމީ ފާލަން މަރާމާތުނުކޮށް އެތައް އަހަރެއްވުމުގެ ސަބަބުން ފާލަމުގެ މަތީބައި ހަލާކުވެ ނުރައްކާތެރި ޙާލަތަކަށް ދިއުމާ ގުޅިގެން ފާލަމުގެ މަތީ ބައި އަލުން ހެދުމަށް ނިންމައި އެމްޓީސީސީ އާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 14ގައި ކަމަށެވެ.

ވަޒީރު ވިދާޅުވީ ރަސްމީ ފާލަމަކީ ވަރަށް ގިނަ ޓޫރިސްޓް ރިސޯޓުތަކުން ފީ ދައްކައިގެން ދައުލަތަށް އާމްދަނީ ލިބޭގޮތަށް ބޭނުންކުރާ ފާލަމަކަށްވުމާއެކު އެ ފާލަން ރަނގަޅު ފެންވަރަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެ ފާލަމުގެ ޑިޒައިން ބަދަލުކޮށް މަރާމާތުކޮށްފައިވާކަން ފާހަގަ ކުރެވޭއިރު ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެ ފާލަމުގެ އާބާތުރަ ފިލުވާފައި ނުވާތީ ވަރަށް ބޮޑަށް ފާލަމުގެ މަތީބައި ފީވެ ހަލާކުވެފައިވާކަން ފާހަގަކޮށް ގިނަބަޔަކު އެކަމަށް ފާޑުކިޔަމުން ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!