ފަތުރުވެރިކަމާބެހޭ ވަޒީރު އިބުރާހީމް ފައިޞަލް

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ޖަރީމާތަކުގެ މަތިން ދިވެހީން ހަނދާނެއް ނުނެތޭ: ފައިސަލް

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ޖަރީމާތަކުގެ މަތިން ދިވެހީން ހަނދާން ނުނެތޭ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބުރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ މިދަނޑިވަޅުގައި ފައިސަލް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ރާއްޖޭގެ އިޤްތިޞާދު މިހާލަތަށް ވައްޓާލީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އޭރުގެ ސަރުކާރުތަކުން މިސްމެނޭޖު ކުރުމުގެ ސަބަބުންކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ވަރަށް ސާފުކޮށް އޮތީ ބުނެފައި ކަމަށެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ޖަރީމާތަކުގެ މަތިން ދިވެހީން ހަނދާން ނުނެތޭ ކަމަށެވެ. އެގޮތުން ބަދަލުގެ ގޮތުގައި ބެހި 2 ބިލިއަން ރުފިޔާ، ވެއްޓިލޭޓަރު ޚިޔާނާތް، ފެނަކައިގެ ޚިޔާނާތް  އަދި އާރުޑީސީގެ ތިޖޫރި އެތައް ފަހަރަކު ފަޅާލުން ފައިސަލް ފާހަގަ ކުރައްވާފައިވެއެވެ.

"ބަދަލުގެ ގޮތުގައި ބަހާލި 2 ބިލިޔަން ރުފިޔާ ވިޔަސް ވެއްޓިލޭޓަރގެ ޖަރީމާ ވިޔަސް، ފެނަކަ ދަރުވާލި 4 ބިލިޔަނަށްވުރެ ގިނަ ރުފިޔާކަމަށް ވިޔަސް،އެތަށް ފަހަރެއްގެ މަތިން އާރުޑީސީގެ ތިޖޫރީ ފަޅާލުންކަމަށް ވިޔަސް މިހިރަ މިހިރަ ކަންތައްތައް ދިވެހީންގެ ހަނދާނުގައި އެބަހުރި." ފައިސަލްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ފައިސަލް ވިދާޅުވީ އެމްޑީޕީއިން އަދަވަޅަކަށް ވައްޓާލި އިގްތިޞާދު ނަގާ ކޮޅަށްޖަހާ ދިވެހީންނަށް އުފާވެރި ޒަމާނެއް ހޯއްދަވައި ދެއްވާނީ ދިވެހީންގެ ރައީސް ޑރ. މުޢިއްޒު ކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން މިދާ ދަނޑިވަޅުގައި އެމްޑީޕީން ފާޑު ކިޔަމުން އަންނައިރު، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ 5 އަހަރުގައި 64 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައި ވާއިރު، 1978ން ފެށިގެން ރައީސް ޔާމީނުގެ ވެރިކަން ނިމުމާއި ހަމައަށް (ވޭތުވި 40 އަހަރު) ދައުލަތުން ދަރަނީގެ ގޮތުގައި ނަގާފައި ވަނީ 56 ބިލިއަން ރުފިޔާކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!