މިނިސްޓްރީ އޮފް ފިނޭންސް

މިނިސްޓްރީ ބަދުނާމުވާ ގޮތަށް ދައްކާފައިވާ ވާހަކަތަކާމެދު ހިތާމަކުރަން: ފިނޭންސް މިނިސްޓްރީ

މިނިސްޓްރީ ބަދުނާމުވާ ގޮތަށް ދައްކާފައިވާ ވާހަކަތަކާއިމެދު ހިތާމަކުރާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެމިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދައުލަތުގެ މާލީ ހާލަތާއި އަދި ކުރިމަތިވެފައި އޮތް ފިސްކަލް ހިރާސްތަކާއި ގުޅޭ ގޮތުން ހަގީގަތް އޮޅޭ ގޮތަށް ދައްކާފައިވާ ވާހަކަތަކާއިމެދުވެސް ހިތާމަކުރާ ކަމަށެވެ.

ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް މިދިޔަ ސަރުކާރުން ތަންފީޒުނުކުރާ ކަން ފާހަގަކޮށް އެބަޔާނުގައި ބުނީ 2022 ވަނަ އަހަރު އެ މިނިސްޓްރީން ހުށަހަޅައިގެން 2023 ވަނަ އަހަރުން ފެށިގެން ޖީއެސްޓީ ރޭޓްތަކަށް ގެނައި ބަދަލުތަކަކީ ހާލަތާއި ބައްދަލު ހެޔޮ ބަދަލުތަކެއް ކަމަށެވެ.

އަދި ނަމަވެސް ހަރަދު ކުޑަކުރުމުގެ ސިޔާސަތު މިދިޔަ ސަރުކާރުން ތަންފީޒުކޮށްފައިނުވާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އެބަޔާނުގައި ބުނީ ކޮވިޑް-19 ގެ ހާލަތުން ވީއްލިގެން އައިއިރު ފާހަގަކުރެވުނު ފިސްކަލް ހިރާސްތައް ކުޑަކުރުމަށް އަޅަން ޖެހުނު އެންމެ މުހިންމު ފިޔަވަޅު ކަމުގައިވާ، ހަރަދު ކުޑަކުރުުގެ ސިޔާސަތުތައް 17 ނޮވެމްބަރު 2023 ވަނަ ދުވަހާއި ހަމައަށްވެސް ހުރީ ތަންފީޒުނުކޮށް ކަމަށް އެމިނިސްޓްރީން ބުނެއެވެ.

"މިކަމަށް ފިޔަވަޅު ނޭޅި ދިގުލައިގެން ގޮސްފައިވުމަކީ 26 ޖޫން 2024 ގައި ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ޑައުންގްރޭޑް ކުރި މައިގަނޑު ސަބަބުވެސްމެ،" ބަޔާނުގައި ބުނެފައިވެ އެވެ.

advertisement
ހިޔާލު ދެއްވާ!