ސާލިހު މުލިއާގޭގައި ދިރިއުޅުއްވަން ފެއްޓެވުމުގެ ކުރިން މަރާމާތަށް 41 މިލިއަން ރުފިޔާ ހަރަދު ކުރެއްވި: ފަލާހް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މުލިއާގޭގައި ދިރިއުޅުއްވަން ފެއްޓެވުމުގެ ކުރިން މަރާމާތަށް 41 މިލިއަން ރުފިޔާ ހަރަދު ކުރެއްވި ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.

ފަލާހް މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ދައުލަތުގެ ދަރަންޏާ ބެހޭ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ފަލާހް ވިދާޅުވީ ސާލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތަށް 33 މިލިއަންވެސް ހަރަދު ކުރެއްވި ކަމަށެވެ.

އަދި އެމްޑީޕީއަކީ ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ދިން ބައެއް ކަން ފާހަގަކުރައްވާ ފަލާހް ވިދާޅުވީ 2012 ވަނަ އަހަރު އެމްޑީޕީން ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކާއި ކޯޓުތަކުގައި ހުޅު ޖަހައި ގެންލުން ދީފައިވާ ކަމަށެވެ.

ފަލާހް ވިދާޅުވީ އެމްޑީޕީގެ ކިބައިން މި ގައުމު ސަލާމަތް ކުރަން ޖެހޭ ކަމަށާއި ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް އަށް މަސް ވާން ކައިރިވާ އިރުގައި މަސްވެރިންނަށް މިހާރު ދޭން ޖެހޭ ފައިސާއެއް ނުހުންނާނެ ކަމަށެވެ.

ވޭތުވެދިޔަ ސަރުކާރުތަކުން މި ގައުމުގެ މާލީ ހާލަތަށް ވެފައިވާ ހިޔާނާތް ރައްޔިތުންނަށާއި އަންނަން އޮތް ޖީލުތަކަށް އެނގިގެން ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!