އިންޑިޔާގައި ހިންދޫންގެ އަޅުކަމެއްގައި ބައިވެރިވި ބަޔަކު ފިތިގެން މަރުވެއްޖެ!

އިންޑިޔާގައި ހިންދޫންގެ އަޅުކަމެއްގައި ބައިވެރިވި ބަޔަަކު ފިތިގެން މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ އުއްތަރު ޕްރަދޭޝްގެ ސްޓޭޓެއް ކަމަށްވާ ހަތުރާސްގައެވެ.  އަދި މިހާދިސާގައި 121 މީހުން މަރުވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ހަތުރާސްގެ ފުލުހުން ބުނީ މި ހާދިސާ ހިނގަން މެދުވި ސަބަބަކީ އަޅުކަން ކުރާ ސަރަހައްދަށް ވަދެވޭ ޢަދަދަށް ވުރެ ތިން ގުނަ އިތުރަށް މީހުން ވަނުމުގެ ފުރުޞަތު ދިނުމުން ކަމަށެވެ.

ފުލުހުން ބުނީ  80,000 މީހުންގެ ޖާގައިގެ ތަނަށް 250,000 އެއްހާ މީހުން ޖަމާވި ކަމަށެވެ. އަދި ގިނަ ޢަދަދެއްގެ ބަޔަކު އެއްވެ ފިތުމުގެ ސަބަބުން 121 މަރުވެފައިވާއިރު 28 މީހުން ޒަޚަމުވެފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އުއްތަރު ޕްރަދޭޝްގެ ޗީފް ސެކްރެޓަރީ މަނޯޖް ކުމާރް ސިންހު ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި ހަތް ކުޑަކުދިން ހިމެނޭ ކަމަށާއި ގިނަ ޢަދަދެއްގެ ބަޔަކު ފިތިފައި ވަނީ އަޅުކަން ނިމުމުން  އެހަރަކާތުގައި ބައިވެރިވި ފާދިރީއާއި ބައްދަލު ކުރަން އެންމެން އެއްފަހަރާ މަސައްކަތް ކުރުމުން ކަމަށެވެ.

އިންޑިއާގައި އާއްމުކޮށް މިފަދަ އެތައްހާދިސާތަކެއް ހިނގާކަން ފާހަގަކުރެވެއެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އިންޑިއާގެ މަހަރަޝްތްރާ ގައި ފައްޅިއަކަށް އަޅުކަން ކުރުމަށް ބަޔަކު ގޮވައިގެން ދިޔަ އަމިއްލަ ލަކްޒަރީ ބަހެއް ޓްރަކެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި 10 މީހުން މަރުވެފައިވެއެވެ.

ހަމައެހެންމެ މިދިޔަ އަހަރުގެ އޭޕްރީލް މަހު އިންޑިއާގެ ޖަމްމޫ އަދި ކަޝްމީރުގެ އުދަމްޕޫރު ޑިސްޓްރިކްޓް ކައިރީގައި އޮންނަ ހިނގާފައި ދަތުރު ކުރެވޭ ބްރިޖެއްގައި ހިންދޫ އަދި ސިއްކިމް ދީނުގެ ހާއްސަ ދުވަހެއް ފާހަގަ ކުރުމުގެ ތެރޭގައި ބްރިޖު ވެއްޓި ނުވަ އަހަރުގެ އަންހެން ކުއްޖެއް މަރުވެފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!