ސަރުކާރުގެ ބައެއް މެމްބަރުންގެ ވާހަކަ ހުންނަ ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވޭ: މެމްބަރު ޒާކިރު

ސަރުކާރުގެ ބައެއް މެމްބަރުންގެ ވާހަކަ ހުންނަ ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ކެންދޫ ދާއިރާގެ މެމްބެރު މައުރޫފު ޒާކިރު ވިދާޅުވެއްޖެ އެވެ.

ޒާކިރު މިފަދައިން ވިދާޅުވީ އިއްޔެ އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒާކިރު ވިދާޅުވީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް އޮތް ޖާގަ ވަރަށް ހަނި ކަމަށާއި ކުރީ ސަރުކާރުގެ މެމްބަރުން ހައްޔަރުކޮށް ޖަލަށް ލާނެ ވާހަކަ ވެސް މަޖިލީސް ތަޅުމުގައި ދައްކާފައިވާ ކަމަށެވެ.

އަދި ބައެއް މެމްބަރުން ބިލުތަކަށް ބަހުސް ކުރައްވަމުން ގެންދެވި އިރުގައި ފާހަގަ ކުރެވިގެން ދިޔައީ އިދިކޮޅު ފަރާތްތަކަށް އޮތް ޖާގަ ހަނިވެ އަދި ހާއްސަކޮށް އިދިކޮޅު ފަރާތްތައް ހައްޔަރު ކުރެވި ނުވަތަ ބިރު ދެއްކުމުގެ އިޝާރާތެއް ކުރައްވާފައިވާ ކަމަށެވެ.

އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކުރައްވާ ޒާކިރު ވިދާޅުވީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ޖާގަ ވަރަށް ހަނި ކަމަށެވެ.

ޒާކިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ހިނގަމުން ދަނީ ރައީސް ބޭނުންފުޅުވާ ގޮތަށް ކަމަށާއި ރައީސަށް ސަނާ ކިޔުމާއި ރައީސް އޮފީހުން ފޮނުވާ ޕޮއިންޓް ތަކަށް ވާހަކަ ދައްކަވާ ކަމަށެވެ.

އަދި މިގޮތަށް މިކަން އޮތުމާއިއެކު އެމްޑީޕީގެ މެމްބަރުންނަށް ގަބޫލު ކުރެވެނީ މިފަދަ އިންޒާރުތައް އަންނަނީ ރައީސްގެ ލަފާފުޅާ އެއްގޮތަށް ކަމަށް ޒާކިރު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!