މާލޭގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި ހަތަރު މީހަކަށް ގެއްލުން ވެއްޖެއެވެ.
މާފަންނު ފުލޫނިޔާ މަގުގައި ހުންނަ އެލްސިއޯން ބޭކަރީގެ ކައިރީގައި ހުންނަ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު މީހަކަށް ގެއްލުންވެ، މިހާރު އައިޖީއެމްއެޗަށް ފަރުވާދިނުމަށް ގެންދެވިފައިވާ ކަމަށް ފުލުހުން ވަނީ މަޢުލުމާތު ދެއްވައިފައެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާފަންނު ފުލޫނިޔާ މަގުގައި ހުރި މ. އެންޒިއަންގޭގައި ކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ މ. އެންޒިއަންގޭގެ 3 ވަނަ ފަންގިފިލާގައި ރޯވި އަލިފާން މިހާރު ނިއްވާލާފައި ވާކަމަށާ ހަތަރު މީހަކު ހޮސްޕިޓަލަށް ގެންދެވިފައި ވަނީ ދުމުގެ އަސަރުކޮށްގެން ކަމަށެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.