ކެމްޕެއިން ޙަރަކާތެއްގައި ރައީސް ޔާމިން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މުޙައްމަދު މާވީ

ޔާމީނަށް އެންމެ ބޮޑު އަނިޔާއެއް ދިނީ ޑރ. މުއިއްޒު: ޑރ. ޖަމީލް

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް އެންމެ ބޮޑު އަނިޔާ އެއް ނުވަތަ ހަމަލާ އެއް ދިނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަމަށް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލު މިފަދައިން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ފަރާތުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ. ޖަމީލުވަނީ އެއަނިޔާއަކ "ހޮޅިން ދިން ފަދަ ހަމަލާ" އެއް ކަމަށްވެސް ސިފަކުރައްވާފައެވެ.

ރާއްޖޭގެ ތާރީޚްގައި އެންމެ އުނދަގޫ ކުރި އެއް ބަޔަކީ ހޮޅިން ކަމަށާއި ހަމަ އެފަދަ ބޮޑު ހަމަލާ އެއް ރައީސް ޔާމީނަށް ޕީއެންސީ ގެ ފަރާތުން މުއިއްޒު ދީފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ޑރ. މުއިއްޒުގެ ސަރުކާރުގެ ތެރޭގައި ކަރަޕްޝަން އޮތް ކަމަށާއި އެކަންކަން ބެލޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.

މަގޫދޫ ގައި އެއަރޕޯޓް އޮއްވާ ނިލަންދޫގައި އެއަރޕޯޓް އަޅާ، ނިލަންދޫ މީހުންނަށް އެތައް ވަޒީފާ އެއް ދީ މި ހުރިހާ ކަމެއް ކުރެއްވީ ގައުމުގެ މާލީ ހާލަތު ދަށުގައި އޮއްވާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ މިހެން ކުރެވޭ ހުރިހާ ޚަރަދެއްގެ ބުރަ އުފުލަން ޖެހެނީ ރައްޔިތުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއް ރަހީމަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޑރ. ޖަމީލް ވިދާޅުވީ މުޅި ސަރުކާރު އޮތީ އަބްދުއް ރަހީމަށް ފައިދާވާ ގޮތަށް ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ ރައީސް މުއިއްޒު ގައުމު ހިންގަވަން އުޅުއްވާ ތަނެއް ނުފެންނަ ކަމަށާއި އޭގެ ބަދަލުގައި ޕީއެންސީ ތެރޭގައި ޑރ. މުއިއްޒު ހިންގަވަމުން ގެންދަވަނީ ކްރޮނިޒަމް އާއި ނިޕޮޓިޒަމް އޮތް ކަމަށެވެ. އަދި އެކަން ކުރައްވަނީ އަބްދުއް ރަހީމަށް ޓަކައި ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!