އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް

މިދިޔަ ސަރުކާރު ނިމުންއިރުވެސް ގޭދޮށު މަސް ފެކްޓަރީގެ އެންމެ ތަނެއް ވެސް އެޅިފައި ނުވޭ: އާޒިމް

ވެރިކަމުގެ ފަސް އަހަރު ނިމިގެން ދިޔަ އިރު ވެސް ގޭދޮށު މަސް ފެކްޓަރީގެ އެންމެ ތަނެއް ވެސް އެޅިފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ، ޕީޕަލްސް ނޭޝާނަލް ކޮންގްރެސް (ޕީއެންސީ)ގެ މެމްބަރު އާޒިމް އަބްދުލް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރި ކަމުގައި މަސްވެރިންނަށް ވީ ވައުދު ނުފުއްދަވާ ކަމަށެވެ.

https://x.com/AzimAbAzeez/status/1809231413436350632?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1809231413436350632%7Ctwgr%5E4c03049ee447eb0875f11a00d3423e09a85ccdb5%7Ctwcon%5Es1_&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F1087994%2F

އަދި އެމްޑީޕީއަށް ނިސްބަތްކުރައްވާ އާޒިމް ވިދާޅުވީ އެޕާޓީން މޮޅީ ތަފާތު ނަން ނަމުގައި ރައްޔިތުންގެ ބޮލަށް ސަވާރުވާން ކަމަށެވެ.

އަދި އެމްޑީޕީން މޮޅެތި ނަންނަން ކިޔައިގެން ވެރިކަމަށް އައިސް ގައުމު ދަރުވާލާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

ހަމައެހެންމެ ގޭދޮށު މަސް ފެކްޓްރީ އެޖެންޑާ 19، ރަށްވެހި ފަތިސް، އަމާން ދިވެހިރާއްޖެ، ނޫ އިގްތިސާދު ފަދަ މޮޅެތި ނަންނަން ކިޔާފައި ވެރި ކަމަށް އަންނަ ކޮންމެ ފަހަރަކު ގައުމު ލޫޓުވާލާފައި ތިޖޫރީގައި އޮންނަ ލާރިކޮޅު ދަވާލަނީ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

advertisement
ހިޔާލު ދެއްވާ!