ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ބެލެނިވެރި ފަރާތެއް ނެތް: ޙުސްނުއްސުޢޫދު

ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ބެލެނިވެރި ފަރާތެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޙުސްނުއްސުޢޫދު ވިދާޅުވީ ޓްރައިބިއުނަލްގައި މެންބަރުން ހަމައަށް ތިބޭ ދުވަސްތައްވެސް މަދު ކަމަށާއި ޓްރައިބިއުނަލަށް މެންބަރުން އައްޔަން ކުރުމުގެ މައްސަލަތަކެއްވެސް ހުރިކަމަށެވެ.

އަދި އެ ޓްރައިބިއުނަލަށް ބެލެނިވެރި ފަރާތްތެއް ހުންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ސުޢޫދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ފުޅު ދައްކަވަމުން ޙުސްނުއްސުޢޫދު ވިދާޅުވީ ވަޒީފާއާއި ގުޅުންހުރި މައްސަލަތައް އަވަސް ކުރުމަށް، ވަޒީފާއާއިބެހޭ ޓްރައިބިއުނަލް، ޖުޑީޝިއަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ ދަށަށް ބަދަލުކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ސުޕައިވަޒަރީ ފަރާތްތަކެއް ހުރެފައި ބައެއްގެ ބެލުންތެރިކަން އެ ޓްރައިބިއުނަލްގެ މައްޗަށް އޮންނަ ކަމަށްވަންޏާ އަދި އަޅުގަނޑު ޤަބޫލު ކުރަނީ އެކަން ކުރަން އެންމެ ރަނގަޅު ފަރާތަކީ ޖޭއެސްއެސީ ކަމަށް." ޙުސްނުއްސުޢޫދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޚުވީ އެގޮތަށް އެކަން ކުރެއްވިއްޖެ ނަމަ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް މިހާރަށް ވުރެ ޒިންމާދާރު ކުރެވި މައްސަލަ ބަލާ މުއްދަތު ކުރު ކުރެވިދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!