އެސްއެމްއީ އިމާރާތް ހުސްކުރަން އުޅޭކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ދޮގުކޮށްފި

އެސްއެމްއީ އިމާރާތް ހުސްކުރަން އުޅޭކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއު ވިދާޅުވެއްޖެ އެވެ.

ޒިޔާއު މިފަަދައިން ވިދާޅުވީ ޕީއެސްއެމްގެ ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ޒިޔާއު ވިދާޅުވީ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ގާއިމްކޮށްފައިވާ އެސްއެމްއީ ހަބް ބަންދުކުރަން ނިންމާފައިނުވާ ކަމަށެވެ.

އަދި އެސްއެމްއީ ހަބްގެ އިމާރާތް ބޭނުންކުރަމުންދާ ގޮތަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށްވެސް ޒިޔާއު ވިދާޅުވި އެވެ.

އެގޮތުން އެތަނުގައި ދެ ފަންގިފިލާގައި ފައިނޭންޝަލް އޮޓޯރިޓީއާއި ޑިވެލޮޕްމަންޓް ބޭންކު ހުޅުވަން އިކޮނޮމިކް މިނިސްޓްރީން ނިންމާފައިވާ ކަމަށާއި އެސްއެމްއީ ހަބުގައި ވިޔަފާރި ކުރަމުން އަންނަ މީހުންނަށް އެއް ފަންގިފިލާ ހާއްސަކޮށްފައިވާކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.

އެސްއެމްއީ ހަބް ބަންދުކުރަން ނިންމާފައިވާކަމަަށް ބުނެ ހަގީގަތާއި ހިލާފު ވާހަކަތަކެއް ފަތުރަމުންދާތީ އެވާހަކަތައް ދޮގުކުރައްވާ ޒިޔާއު ވިދާޅުވީ އެއްވެސް ވިޔަފާރީއެއް ހާލުގައެއް ނުޖެހޭނެ ކަމަށާއި އެބޭފުޅުން އާމްދަނީ ހޯދަން ހިންގާ ހަރަކާތްތަކަށް ބަދަލު އައިސްފައިވާ ކަމަށެވެ.

"މިގޮތަށް އަޅުގަނޑުމެން ނިންމީ އެ އިމާރާތުން މާބޮޑު މަންފާއެއް ނުކުރާތީ" ޒިޔާއު ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!