ރިޔާސީ އިންތިޚާބާ މަޖިލީސް އިންތިޚާބު އެއެްކޮށް ބާއްވަން ރައްޔިތުންގެ ޚިޔާލު ހޯދަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިހާރު ކުރިއަށްދާ ޕީއެންސީ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނިޒާމު ބައްޓަން ކުރަންޖެހޭނީ ޤައުމަށް ކަތާ ވަރަށް ކަމަށާ އެ ގޮތަށް ނިޒާމް ބައްޓަން ކުރަންޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ރިޔާސީ އިންތިޚާބު އެކުގައި ބޭއްވޭނީ ރައްޔިތުންގެ ވޯޓަކުން އެކަން އެގޮތަށް ކުރުމަށް ފާސްކޮށްގެން ކަމަށާ ރައްޔިތުން އެދޭނަމަ ޤާނޫނު އަސާސީ އިސްލާޙްކުރަން ހަށަހަޅުއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އިންތިޚާބުތައް ބާއްވަންޖެހޭ ކަމަށާ ރައްޔިތުންގެ ޚިޔާލު ޤައުމު ހިންގުމުގައި ބޭނުން ކުރަންޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ވާނީ ރިޔާސީ އިންތިޚާބާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމުން ކަމަށާ ޚަރަދުގެ ގޮތުންވެސް އެއީ އެންމެ ފައިދާހުރި ގޮތްކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ 120 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް މަޖިލީސް އިންތިޚާބަށް ޚަރަދުވި ކަމަށާ އަދި ރިޔާސީ އިންތިޚާބަށް 180 މިލިއަން ރުފިޔާއަށްވުރެ ބޮޑު އެއްޗެއް ޚަރަދުވި ކަމަށެވެ. އަދި ރިޔާސީ އިންތިޚާބާ މަޖިލީސް އިންތިޚާބު އެކުގައި ބާއްވާނަމަ 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. ދެ އިންތިޚާބު އެކުއެކުގައި ބާއްވާނަމަ ރައްޔިތުންނަށްވެސް ފަސޭހަވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.