އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ސީއެޗްއެސްއީގައި ޤާއިމުކުރި ނަމާދުކުރާކޮޓަރި.

ސީއެޗްއެސްއީގައި ނަމާދުކޮޓަރިއެއް ޤާއިމުކޮށްފި!

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، ސީއެޗްއެސްއީގައި ނަމާދުކޮޓަރިއެއް ޤާއިމުކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ ސްކޫލްތަކުގެ ދަރިވަރުންނަށް އިސްލާމީ ތަރުބިޔަތު ދިނުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސީއެޗްއެސްއީގައި ނަމާދު ކޮޓަރިއެއް ޤާއިމު ކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭގައި ހުންނަ މި އިމާރާތުގައި ޤާއިމުކުރި ނަމާދުކޮޓަރީގައި ވުޟޫކުރުމުގެ އިންތިޒާމް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މި ނަމާދުކޮޓަރި ޤާއިމުކޮށްފައި ވަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފަނޑުކޮށްގެންނެވެ.

މިތަނަކީ ސުކޫލްތަކުގެ ދަރިވަރުންނަށް ނަމާދުކުރުމުގެ ޖާގަ ތަނަވަސްކޮށްދިނުމުގެ ތަސައްވުރުގެދަށުން ޤާއިމު ކުރެވުނު ތަނެއް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ.

advertisement
ހިޔާލު ދެއްވާ!