ރަށްރަށުގެ ކަންކަން ހިންގުމުގެ ބާރު މާލޭގެ ފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަސް ނުވެވޭނެ: ޝާހިދު

މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަން ކަން ހިންގުމުގެ ބާރު އެ ފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަސް ނުވެވޭނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާވެސް ރަށްރަށުގެ އާންމު ހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަން ހިންގުމުގެ ބާރު އެފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ ކަމަށާއި ގައުމު ބަނގުރޫޓުވާން ފެށުމުން ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށެވެ.

ދައުލަތުގެ ކަންކަން ހިންގަން ނޭނގިގެން ގައުމު ބަނގުރޫޓުވާން ފެށުމުން ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށެވެ.

ޝާހިދު މިފަދައިން ވިދާޅުވެފައި މިވަނީ ލޯކަލް ކައުންސިލްތަކުގައި ތިބޭ ކައުންސިލަރުންގެ އަދަދު މަދުކުރުމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރެވެއެވެ.

ޕީއެންސީގެ ފަރާތުން ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވެފައިވަނީ މުޅި ގައުމުގެ ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެންމެ ބޭފުޅަކު ހޮވާއިރު މަދު މީހުންކޮޅެއް އުޅޭ ރަށެއް ހިންގުމަށް ފަސް ކައުންސިލަރުން ހޮވުމަކީ ހަރަދު ބޮޑު ގޮތެއް ކަމަށާއި ލާމަރުކަޒީ ނިޒާމު މިވަގުތު އޮތީ ދައުލަތަށް ނުކަތާ ވަރަށް ބޮޑުކޮށް ކަމަށެވެ.

ރައީސްވަނީ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލުކުރަން ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

advertisement
ހިޔާލު ދެއްވާ!