ދުންފަތް ކޮންޓްރޯލް ކުރުމާއިބެހޭ ޤާނޫނާއި ޤަވާއިދުތަކަށް އަމަލުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ދުންފަތް ކޮންޓްރޯލް ކުރުމާއިބެހޭ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިވެ އެއާއި އެއްގޮތަށް އަމަލު ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ މާސްމީޑިއާ އާއި މީސްމީޑިއާ އަދި އެކި އެކި އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން އަދި ވިޔަފާރި ކުރާ ތަންތާގައި ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި ޕްރޮމޯޓްކުރުމަކީ ޤާނޫނު ނަމްބަރު 15/2010 އިން މަނާކުރާ ކަމެއް ކަމަށެވެ.

އެޗްޕީއޭއިން ބުނީ ދުންފަތުގެ ނުވަތަ ދުންފަތުން އުފައްދާ އެއްޗެއްގެ އެއްޗެސް މިންވަރެއް ހިމެނޭ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަރެއް ކަމަށާއި ވޭޕް އަދި އީ.ސިނގިރޭޓްގެ އެހެން ބާވަތްތަކާއި ޝީޝާގެ ބާވަތްތައްވެސް މީގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ދުންފަތުގެ ބާވަތެއް، ދުންފަތުގެ ވިޔަފާރި އަދި ދުންފަތުގެ އިސްތިޢުމާލުކުރުން އެއްވެސް މިންވަރަކަށް، އެއްވެސް ގޮތަކަށް އިޝްތިހާރުކުރުމާއި ޕްރޮމޯޓްކުރުމަކީވެސް މަނާކަމެއް ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

ދުނިޔޭގެ ފިރިހެނުންގެ އާބާދީގެ 3 ބައިކުޅަ 1 ބައި މީހުންނަކީ ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންކަން ފާހަގަކުރެވެއެވެ. ހަމައެހެންމެ އަންހެނުންގެ ތެރޭގައިވެސް ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން ގިނައެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ސިނގިރޭޓަކީ އޭގައި ގިނަ އަދަދެއްގެ ނުރައްކާތެރި މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. ސިނގިރޭޓުގައި އެކުލެވިގެންވާ މާއްދާތަކުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލް ކުރަން ދެވިހިފާގޮތް ވެއެވެ.

ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ ސިނގިރޭޓަކީ ދުނިޔޭގައި ވިއްކާ އެންމެ ޑިމާންޑް ބޮޑު އެއް އުފެއްދުމެވެ.

advertisement
ހިޔާލު ދެއްވާ!