ޗައިނާގެ ދައުވަތަކަށް ރާއްޖޭގެ އަންހެން މިނިސްޓަރުންނާއި އަންހެން މަޖިލީސް މެންބަރުން ޗައިނާއަށް ފުރާވަޑައިގަންނަވައިފިއެވެ.
މި ދަތުރުގައި ހިމެނިވަޑައިގަންނަވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ އާއި ތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމްގެ އިތުރުން ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝެރީނާ އަބްދުލްސަމަދު އަދި ރައްޔިތުން މަޖިލީހުގެ ތިން މެންބަރުންކަމަށްވާ ފާތިމަތު ސައުދާ، އަސްމާ ރަޝީދާ އަދި އަނާރާ ނައީމްއެވެ.
މިއީ ޗައިނާގައި ބާއްވާ "ޗައިނާ-ސައުތް އޭޝިޔާ ފީމޭލް ޕޮލިޓިކަލް ލީޑަރސް ޕްރޮގްރާމް"ގައި ބައިވެރިވެ ވަޑައިގަންނަވަން ކުރައްވާ ދަތުރުފުޅެކެވެ.
މިއަދުން ފެށިގެން މި މަހުގެ 16އަށް، ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުރިއައްދާ މި ޕްރޮގްރާމަކީ ސީ.އައި.ސީ.ޑީ.އޭ އަދި "އޯލް ޗައިނާ ވިމެންސް ފެޑެރޭޝަން"އާއި ގުޅިގެން، ޗައިނާއާއި ދެކުނުގެ ގައުމުތަކުގައި ސިޔާސީ މަގާމުތައް އަދާކުރައްވާ އަންހެން ބޭފުޅުންނަށް ހާއްސަކޮށް ބާއްވާ ޕްރޮގްރާމެކެވެ.
"ޗައިނާ-ސައުތް އޭޝިޔާ ފީމޭލް ޕޮލިޓިކަލް ލީޑަރސް ޕްރޮގްރާމް"ގެ މައިގަނޑު މަޤްސަދަކީ ޗައިނާއާއި ދެކުނުގެ ޤައުމުތަކުގެ ސިޔާސީ މަގާމުތައް އަދާކުރައްވާ އަންހެންބޭފުޅުންނަށް ދިމާވާ ގޮންޖެހުންތަކާއި އެބޭފުޅުންގެ ތަޖުރިބާތަށް ހިއްސާކުރައްވައި އަންހެނުން ބާރުވެރިކުރުވުމާއި ގުޅިގެން މަޝްވަރާކުރުމެވެ.