އިސްލާމީ އަޤީދާއާ ބެހޭ ދެވަނަ ޢިލްމީ ދައުރާ ފެށުން

އިސްލާމީ އަޤީދާއާ ބެހޭ ދެވަނަ ޢިލްމީ ދައުރާ ފަށައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސަޢޫދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާ ގުޅިގެން ބާއްވާ އިސްލާމީ އަޤީދާއާ ބެހޭ ޢިލްމީ ދެވަނަ ދައުރާ މިއަދު ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިދައުރާގައި ކިޔަވައިދެއްވާނީ މަދީނާގެ އިސްލާމިކް ޔުނިވާރސިޓީގެ ޕްރޮފެސަރ އަދި އަލް މަސްޖިދުއް ނަބަވީގެ މުދައްރިސެއްކަމުގައިވާ އަލްސުތާޒް ޑރ. އަބްދުއްސަލާަމް އައް ސުޙައިމީ އާއި އިމާމު މުހައްމަދު ބުނު ސުޢޫދު ޔުނިވާރސިޓީގެ ޕްރޮފެސަރއެއްކަމުގައިވާ ޑރ. އާދިލް އައްސުބައިޢީ ކަމަށެވެ.

މި ދައުރާ އޮންނަނީ މި ޖުލައި މަހު ނުވަވަނަ ދުވަހާއި ދިހަ ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. ސަޢޫދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފޮނުއްވާ ދީނީ ޢިލްމުވެރީން އެކި ދަންފަޅިތައް ނަންގަވައިދެއްވާ މި ދައުރާގައި މަޢުލޫމާތު ދެއްވާނީ ޢަރަބި ބަހުންނެވެ.

މި ދައުރާގައި މަޢުލޫމާތު ދެއްވަނީ ޢަރަބި ބަހުންނެވެ. މީގެ ފުރަތަމަ ދައުރާ ބާއްވައިފައި ވަނީ މެއި މަހުގައެވެ.

advertisement
ހިޔާލު ދެއްވާ!