މުހައްމަދު ބައްސާމް އާދަމް

ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު އޮތް އެމްއެމްޕީއާރުސީގެ ޑީއެމްޑީ ބައްސާމު މަގާމުން ވަކިކޮށްފި

ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު އޮތް އެމްއެމްޕީއާރުސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް އާދަމް މަގާމުން ވަކިކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑީއެމްޑީ ބައްސާމް މަގާމުން ވަކިކުރަން ނިންމީ އިއްޔެ ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގައެވެ.

ބައްސާމް މަގާމުން ވަކިކޮށްފައި ވާއިރު، އެ ކުންފުނީގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި މީގެކުރިން އޭނާވަނީ ސަސްޕެންޑު ވެސް ކޮށްފައެވެ. ނަމަވެސް އެ މައްސަލަ ބެލުމަށް ފަހު އޭނާ ފަހުން ވަނީ އަލުން ވަޒީފާއަށް ނެރެފަ އެވެ.

އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) މެނޭޖިން ޑިރެކްޓަރު ކަމުން ވަކިކުރުމަށްފަހު، އެ މަގާމަށް އިބްރާހިމް ޝިއުރީ އައްޔަން ކުރުމުގެ ކުރިން އެ ކުންފުނި ހިންގަން ހަވާލުކުރީ ވެސް ބައްސާމްއާ އެވެ.

ބައްސާމްގެ އިތުރުން އެމްއެމްޕީއާރސީގެ އެންމެ ދުވަސްވީ މުވައްޒަފުގެ ގޮތުގައި ހުރި ކުންފުނީގެ އިރެކްޓަރެއް ކަމަށްވާ އިބްރާހިމް އާސިމް (އައިބީ)ވެސް ވަނީ އިއްޔެ މަގާމުން ވަކިކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!