ގޮލޮޅުކަންމަތީގައި ސިފައިންނާއި ފުލުހުން ޙަރަކާތްތެރިވަނީ

ގަލޮޅުކަންމަތީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވިކަމަށް ބުނާއިރު، ވޭނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވޭ!

ގަލޮޅުކަންމަތީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވިކަމަށް ބުނާއިރު، ވޭނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ސިފައިން ބުނެފިއެވެ.

ގަލޮޅުކަންމަތީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވައިގެން އުޅޭތީ މިއަދު މެންދުރު އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން ވަނީ ޙަރަކާތްތެރިވެފައެވެ.

އެ ޙާދިސާއާއި ގުޅިގެން ސިފައިން ބުނީ ގަލޮޅުކަންމަތީގައި ޕާކްކޮށްފައި އޮތް ވޭނެއްގައި އެއްޗެއް ގޮވިކަމުގެ ރިޕޯޓެއް ލިބުމުން އެފަދަ ކަންކަމުގައި ޢަމަލުކުރަމުން އަންނަ އުސޫލާ އެއްގޮތަށް ކަންކަން ކުރަމުންދާ ކަމަށެވެ.

އަދި މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓް ނުލިބޭ ކަމަށް ސިފައިން ބުނެފައިވެއެވެ.

އަދި މި ޙާދިސާ ހިނގިކަމަށްބުނާ ވޭނަށްވެސް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް ވެސް ސިފައިން ވަނީ ބުނެފައެވެ.

އަދި މި ޙާދިސާގެ އިތުރު ތަފްސީލު ލިބުމުން ޙިއްސާ ކުރާނެ ކަމަށްވެސް ސިފައިން ވަނީ ބުނެފައެވެ.

advertisement
ހިޔާލު ދެއްވާ!