10 ޑިސެމްބަރު 2023: ހުޅުލެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލް ކައިރިއަށް ޓެކްސީ އަދި ޕްރައިވެޓް ކާރު މަޑުކުރެވޭ ގޮތް ހެދުން --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރެވޭނެ ޒޯންތައް ކަނޑައަޅައިފި

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭ ޒޯންތަކެއް މިހާރު ކަނޑައަޅާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭ ޒޯންތަކެއް މިހާރު ކަނޑައަޅާފައިވާ ކަމަށާއި އެގޮތުން ޒޯން އޭ ގައި މާލެއާއި ހުޅުމާލެ ހިމެނޭއިރު، ޒޯން ބީގައި ހިމެނެނީ ހއ، ހދ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގައި ހިމެނޭ ރަށްތައް ކަމަށެވެ.

އަދި ޒޯން ސީގައި ހިމެނެނީ ށ، ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އަދި ތ އަތޮޅުގައި ހިމެނޭ ރަށްތަކެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މާލެއާއި ހުޅުމާލޭގައި އެއްގަމު އުޅަނދު ގިނަކަން ފާހަގަކުރެވެއެވެ. އަދި މިއުޅަނދުތައް ޕާކު ކުރާނެ ތަނެއް ނެތުމީ ގިނަ ފަރާތްތަކެއްގެ ޝަކުވާއެކެވެ.

އެގޮތުން ހުޅުމާލެ ފޭސް 2 ގައި އެންމެ ގިނަ މީހުން ދިރުއުޅޭ ސަރަހައްދު ކަމަށްވާ ހިޔާ ޓަވަރު ސަރަހައްދުގައި 2 ދެ ފުރޮޅު އަދި ހަތަރު ފުރޮޅުލީ އުޅަނދު ގިނައެވެ. މީގެ ސަބަބުން ޕާކު ކުރާނެ ތަނެއް ނެތި މަގުގެ ދެފަރާތުގައި ގިނަ އަދަދެއްގެ ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރަން ޖެހިފައިވާކަމީ މިއުޅަނދު ދުއްވާ ފަރާތްތަކުގެ ބޮޑު ޝަކުވާއެކެވެ.

advertisement
ހިޔާލު ދެއްވާ!