ދިވެހި ފުލުހުންގެ އިދާރާ

ޖުވާކުޅޭ ސައިޓްތަކަށް ރާއްޖޭގައި ނުވަދެވޭގޮތް ހަދަން ފަށައިފި!

ޖުވާކުޅޭ ސައިޓްތައް ބްލޮކްކޮށް އެފަދަ ސައިޓްތަކަށް ރާއްޖޭގައި ނުވަދެވޭގޮތް ހަދަން ފަށައިފިއެވެ.

މިކަމާއި ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން މީޑިއާއަށް ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ރާއްޖޭގައި ޖުވާކުޅުމުގެ މަސައްކަތް ކުރަމުންދާ ހަތަރުވަރަކަށް އޮންލައިން ސައިޓް ވަނީ ދެނެގަނެވިފައެވެ.

މި ހަތަރު ސައިޓް ބްލޮކް ކުރަން ކޮމިއުނިކޭޝަންސް އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށް ޝިފާން ވިދާޅުވެފައި ވެއެވެ.

އަދި ޖުވާކުޅެން ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ސައިޓްތަކެއް ޖުވާކުޅޭ ވެބްސައިޓްތަކެއް ފުލުހުންގެ އެންގުމަށް މިހާރު ބޮލޮކްކޮށްފައިވާ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

އިސްލާމްދީނުގައި ޖުވާ ކުޅުމަކީ ޙަރާމް ކަމެކެވެ. އެހެންކަމުން ރާއްޖޭގައި ޖުވާކުޅުމަކީ ޤާނޫނީ ގޮތުން މަނާ ކަމެކެވެ. ނަމަވެސް، ފަހަކަށްއައިސް އޮންލައިން ބެޓިންގ ސައިޓްތަކުގެ ބޭނުން ހިފައިގެން ޖުވާކުޅުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު، އެފަދަ ވެބްސައިޓްތައް ޕްރޮމޯޓުކުރުންވެސް އާންމުވެފައިވާ ކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!