މާލޭގައި މީހަކު ހިފަހައްޓާ ފޭރެން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެމީހާ އަކީ އުމުރުން 31 އަހަރުގެ މާލެއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ހުއްދަ ނޫން ގޮތެއްގައި މީހުން ހިފެހެއްޓުމާއި، ފޭރުމާއި، ބިރުދެއްކުމުގެ އިތުރުން، އޮރިޔާންކާޑު އުފެއްދުމެެވެ.
މި މީހާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން ފުލުހުން ހުށަހެޅި ސީސީޓީވީ ފޫޓޭޖުން އެނގޭ ގޮތުން، އެމީހާގެ ފަރާތުން އަނިޔާ ލިބުނު މީހާ ފާހަގަކުރި ގަޑިތަކުގައި އޭނާ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަން މައްސަލަ ބަލާ ފުލުސް މީހާ ބުނެފައި ވާ ކަމަށް އަމުރުގައިވެއެވެ. އަދި އެ ކުށް ކުރި މީހާ އެކަން ކޮށްފައިވަނީ ދުރާލާ ރާވައިގެންކަމަށްވާއިރު، އޭނާއަކީ މިފަދަ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއްކަންވެސް ފާހަގަކޮށްފައިވެއެވެ.
މުޖުތަމަޢުުގެ ސަލާމަތާއި ރައްކާތެރިކަމަށް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.